English Edition
Dhivehi Edition

މިފަހަރުގެ އިންތިޚާބު ކާމިޔާބު ކުރައްވާ ވެރިކަން ލިބިވަޑައިގެންފި ނަމަ، އއ. އަތޮޅުގެ ފުރަތަމަ އެއާޕޯޓް، އއ. މަތިވެރި ފަޅުގައި އަޅައިދޭން ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފި އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މަތިވެރިއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ، އއ. އަތޮޅަކީ ޓޫރިޒަމްގެ އެންމެ ގިނަ ފުރުސަތުތައް އޮތް އަތޮޅު ކަމަށާއި އެ ސަރަހައްދަށް ޓޫރިޒަމް އިތުރަށް ފުޅާވާންޖެހޭ ކަމަށެވެ.

އަދި އެކަން ކުރުމަށް ބޭނުންވާ އެންމެ މުހިންމު އެއް ކަމަކީ އެ ސަރަހައްދުގައި އެއާޕޯޓެއް އެޅުން ކަމަށްވެއް މުއިއްޒު ވިދާޅުވިއެވެ. އަދި މަތިވެރި ފަޅުތެރޭގައި އެރަށާ ގުޅިގެން އެއާޕޯޓެއް އަޅަން ފަށައި، އަވަހަށް ކުރިއަށް ގެންދާނެ މަޝްރޫއުއަކަށް އެ މަޝްރޫއު ހަދާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ މަތިވެރީގައި ބިމެއް ނެތް ކަމަށާއި އެއާޕޯޓު އަޅާއިރު ބިން ހިއްކާނީ ރަށަށް ބޭނުންވާ ވަރަށް ބިން ހިމަނައިގެން ކަމަށެވެ. އެއީ ރަށުގެ މުސްތަގްބަލަށް ބޭނުންވާ ޖާގަ އާއި ގެދޮރަށް ބޭނުންވާ ޖާގައާ އެކީގައިކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.