English Edition
Dhivehi Edition

ގއ. ވިލިނގިލިން މުއިއްޒުއަށް ރަދުންގެ އިއްޒަތް އަރުވައި ހޫނު މަރުހަބާއެއް ކިޔާފައިވާއިރު “ވިލިނގިއްޔަކީ ޕީޕީއެމްގެ ކިއްލާ!” އެއްކަމަށް އެއް އަޑަކުން ދިޔައީ ގޮވަމުންނެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން ވަނީ އެމްޑީޕީގެ ހުވަދު އަތޮޅު ކިއްލާއަކީ ވިލިނގިލި ކަމަށް ވިދާޅުވެފައެވެ. އެ ވާހަކަތަކަށް ރައްދު ދެމުން އެ ރަށުގެ ޕީޕީއެމް ސަޕޯޓަރުން ވަނީ “ވިލިނގިއްޔަކީ ޕީޕީއެމްގެ ކިއްލާ!” އެއް ކަން ސާބިތުކޮށްދީފައެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ގއ. އަތޮޅުގެ ބައެއް ރަށްތަކަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ކުރައްވާ ދަތުރުގެ އެންމެ ފަހުމަންޒިލަކަށް ވީ ގއ. ވިލިނގިލިއެވެ. ވިލިނގިއްޔަށް ވަޑައިގެންނެވުމުގެ ކުރިން މުއިއްޒު ވަނީ ގއ.ދެއްވަދޫ, ގއ.ގެމަނަފުށި, ގއ.ކަނޑުހުޅުދޫ, ގއ.ކޮލަމާފުށި, ގއ.ދާންދޫ, ގއ.ނިލަންދޫގެ އިތުރުން ގއ.މާމެންދޫ އަށް ވަޑައިގެންނަވާފައެވެ.

ގިނަ އަަދަދެއްގެ ބަޔަކު މުއިއްޒުއަށް މަރުހަބާ ދެންނެވުމަަށް އެއްވެފައިވާއިރު, މުއިއްޒު އާ ސަލާމް ކުރަން ހެދި ސަފު ގޮސް ނިމުނީ އެރަށުގެ ގާއިމްކުރެވިފައިވާ ދަގެނާ ކޮމިއުނިޓީ ސަރވިސަސްގެ ކައިރިއަށް ކަން ފާހަގަކޮށްލެވެއެވެ. އެ އެންމެންނާ ސަލާން ކުރަން ވަގުތު ނެތިގެން ފަހުން ޖެހުނީ އިތުރު ސަފެއް ހަދާށެވެ. މުއިއްޒު އަށް މަރުހަބާ ކިޔަން ނުކުމެ ތިބި މީހުންގެ ތެރޭގައި ގިނައީ ނޫކަށިފުރައިގެ ޒުވާނުންނެވެ. އެ ރަށުން ވާހަކަދެއްކި މީހަކު ބުނީ ވިލިނގިލީގެ ޕީޕީއެމްގެ ނަންބަރުތައް ބޮޑުތަނުން އިތުރުވީ ސަބަބަކީ މި ސަރުކާރުން މި ރަށަށް ކޮށްދިން އެއްވެސް ކަމެއް ނެތުމެވެ.