English Edition
Dhivehi Edition
ފޮޓޯ:އެމްޑީޕީ

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީ އާއި ގުޅިވަޑައިގެންފިއެވެ.

ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ޓޫރިޒަމް މިނިސްޓްރުކަމަށް ވަޑައިގެންނެވި މައުސޫމު އެމްޑީޕީއަށް ސޮއިކުރެއްވި ފޯމު ހަވާލުކޮށްފައިވަނީ ރޭ ބޭއްވި ހަފްލާއެއްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އާއެވެ.

ޑީއާރުޕީގައި ހުންނެވުމަށް ފަހު އޭރު އެމްޑީޕީ ގައި ވެސް ހަރަކާތްތެރިވެވަޑައިގެންނެވި މައުސޫމް ޖުމްހޫރީ ޕާޓީ އަށް ސޮއިކުރެއްވީ 2014 ވަނަ އަހަރުގެ ތެރޭގައެވެ. މި ސަރުކާރުގެ ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީގައި ހުންނެވުމަށްފަހު މައުސޫމު އެ ޕާޓީން ވަކިވެ ވަޑައިގަތީ މި މަހުގެ 7 ވަނަ ދުވަހުއެވެ.

މައުސޫމްގެ އިތުރުން، ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގަތުމަށް ފަހު، ރައީސް އޮފީހުގެ މިނިސްޓަރު އަހްމަދު ސަމީރުވެސް ވަނީ އެމްޑީޕީއަށް ސޮއިކުރައްވާފައެވެ.