English Edition
Dhivehi Edition
ހުޅުމާލޭގައި ހުޅުވި ރަމެން ނޫޑްސްލް ކެފޭ/ ފޮޓޯ އޭއޯ ނިއުސް

ޒުވާނުންގެ މެދުގައި މަގުބޫލު ޖަޕަނީޒް ބްރޭންޑެއް ކަމަށްވާ ރަމެން ހައުސްގެ ރަމެން ނޫޑްސް ކެފޭ އެއް ރާއްޖޭގައި ހުޅުވައިފިއެވެ.

ހުޅުމާލޭ ބޮކަރުމާހިނގުމު ގައި ހުޅުވި މިއައުޓްލެޓް ހުޅުވައިދިނީ އެތަނުގެ އެމްބަސެޑަރ ކަމުގައި ހަމަޖައްސާފައިވާ ސޯޝަލް މީޑިއާ އިންފުލުއެންޒާ ބަންޓީ އެވެ.

ހަބޭސް ބޮޑުބެރާއެކު ހުޅުވި ރަމެން ހައުސް ގައި އެތަނުގެ ޑިޝްތަކުގެ ރަހަބަލާލުމުގެ ފުރުސަތުވެސް ވަނީ މި ރަސްމިއްޔާތުގައި ބައިވެރިވި ފަރާތްތަކަށް ދީފައެވެ.

ރަމެން ހައުސް ކެފޭގައި އެތަނުގައި އަމިއްލަ އަށް ތައްޔާރުކުރާ ނޫޑްލްސް ގައި ހަދާ ރަމެންގެ ބާވައްތަކެވެ. އެތަނުން ތާޒާ ހޯމް މޭޑް ނޫޑްލްސް ތައްޔާރުކޮށް ސަރވް ކުރާއިރު އެތަނުގައި ޝެފެއްގެ ގޮތުގައި މަސައްކައް ކުރަނީ ވެސް ޖަޕަނީޒް ޝެފެކެވެ. މިއީ މިޑްލް އީސް ޔޫއެސްއޭގައި މަސައްކަތް ކޮށް ދާއިރާގެ ތަޖުރިބާކާރު މޮޅު ޝެފެއް ކަމަށް ރަމަން ހައުސްގެ މެނޭޖަރ ޒައިނާ މޫސާ ބުންޏެވެ.

މި ތަނުން ރަމެން ހައުސް ސޫޕް ނޫޑްލްސް އާއި ރަމެން ބާގަރ އަދި ރަމެން ހައުސް ސްޓަރ ފްރައި ނޫޑްލްސް އަދި ބަތުގެ ބާވަތްތައް ވެސް ލިބެން ހުރެއެވެ. ހަމަ އެއާއެކު ޕާޓީތަކަށް ބުކް ކުރުމާއި ޕްރީ އޯޑަރ ނެގުމާއި ޑެލިވަރީ ސަރވިސް ވެސް ފޯރުކޮށްދެއެވެ. ޕްރީ އޯޑަރ ކުރުމަށް ރަމެން ހައުސްގެ ފޭސްބުކް ޕޭޖުން ކޮންޓެކްޓް ކޮއްލެވޭނެއެވެ.

އަދި ހޮޓްލައިން 9977750 އަށް ގުޅައިގެން ވެސް ޑެލިވަރީ އާއި ޕްރީ އޯޑަރ ކޮށްލެވޭނެއެވެ. ރަމެން ހައުސް ކެފޭގެ ފޭސްބުކް ލިންކަކީ،

https://www.facebook.com/profile.php?id=61550642541552

ޒުވާނުންނާއި ގުޅޭގޮތަށް ޖަޕަނީޒް ސްޓައިލް އަށް އިންޓީރިއަރ ޑިޒައިން ކޮށްފައިވާއިރު މިއީ ކޮރެއަން ސީރީޒް ބަލާ ޒުވާނުންނަށް ހިތްހަމަޖެހުން ލިބިގެންދާނެ މާހައުލަކަށް ވެގެން ދާނެކަމަށް ތަނުގެ ވެރިން ދެކެއެވެ.

ހުޅުމާލޭގައި ހުޅުވި އައުޓުލެޓާއެކު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ރަމެން ހައުސްގެ އައުޓްލެޓް ހުޅުވުމަކީ ވެސް ކުރެވޭ އުއްމީދެއް ކަމަށާއި ކަސްޓަމަރުންގެ ޑިމާންޑަށް ބެލުމަށްފަހު އައްޑޫސިޓީފަދަ އާބާދީ ބޮޑު ސަރަހައްދުތަކުގައި އިތުރު އައުޓްލެޓް ހުޅުވުމުގެ ވިސްނުން ހުރި ކަމަށް އެތަނުގެ މެނޭޖަރ ވިދާޅުވިއެވެ.

ރަމެން އަކީ ޖަޕާނާއި ކޮރެއާ އަދި ޗައިނާ އާއި ޖުމުލަކޮށް މުޅި ދުނިޔޭގައިވެސް މަޝްހޫރު ޖަޕަނީސް ނޫޑްލްސް ސޫޕް ޑިޝްއެކެވެ.

ރަމެން ގެ އަސްލު އޮރިޖިން އަކީ ޗައިނާ ކަމަށް ބައެއްމީހުން ބުނާއިރު، ޖަޕާނުގައި ރަމެން ތައާރަފްވީ ކޮން ދުވަސްވަރެއްގައި ކަމެއް ސާފެއް ނޫނެވެ. އެހެންނަމަވެސް ރަމެން އަކީ ޖަޕަނީސް ކުއިޒީން ގައި މައިގަނޑު އެއްޗަކަށް ވާއިރު މުޅި ސައުތު އޭޝިއާގައި ވެސް ރަމެން އަކީ މަޝްހޫރު އެއްޗެކެވެ.