English Edition
Dhivehi Edition

އުރީދޫ މަސްރޭސް 2023 – ކުޅުދުއްފުށި ސިޓީގައި 11 ވަނަ ވީ ހުކުރު ދުވަހު ނިންމާލާފިއެވެ.

މުބާރާތުގައި ބައިވެރިވި 21 ޓީމެއްގެ މެދުގައި ވަރުގަދަ ވާދަވެރިކަމާއި އެކު ކުރިއަށް ދިޔަ މި މުބާރާތުގެ ވަނަތައް ލިބުނު ޓީމުތަކަށާއި މަސްވެރިންނަށް ވަނީ ހާއްސަ ގިނަ އެވޯޑުތަކެއްވެސް ދީފައެވެ.

ކުޅުދުއްފުށީގައި ކުރިއަށްދިޔަ އުރީދޫ މަސްރޭސް 2023 ގެ ޗެމްޕިއަންޝިޕްކަން ހޯދާފައިވަނީ ރިކޯޑް އަދަދެއްގެ 1214.25 ޕޮއިންޓާ އެކު ޓީމް ބުޅި އެވެ. ފޯރިއާއެކު ކުރިއަށްދިޔަ މި މުބާރާތުގެ ރަނަރަޕްކަން ހޯދާފާވަނީ 659.05 ޕޮއިންޓާއެކު ޓީމް ލައްޓި ކާމިޔާބުކުރިއިރު 612.35 ޕޮއިންޓާ އެކު ކުޅުދުއްފުށި ސިޓީ އިން 3 ވަނަ ކާމިޔާބުކޮށްފާވަނީ ކުރިބިއަންސް ޓީމުންނެވެ.

މި މުބާރާތުގައި އެންމެ ބަރު މެހެއްގެ ގޮތުގައި ބާނާފައިވަނީ ބަރުމިނުގައި 25.85 ކިލޯ ގެ ހިބަރެކެވެ. އެންމެ ބަރުމަސް ބޭނި ފަރާތުގެ މަގާމު ހޯދާފައިވަނީ ޗެމްޕއިންކަން ހޯދި ބުޅިކެނޑި ޓީމުން ހަސަން އަލީ އެވެ. ފާހަގަކޮށްލެވޭ ގޮތުގައި މިއީ އުރީދޫ މަސްރޭސްގެ ތާރީހުގައި ހިބަރު މަސް ބޭނި ފުރަތަމަ ފަހަރެވެ.

ޗެމްޕިއަން ޓީމް ބުޅި ކެންޑި 3 ހިބަރު ބާނާފައިވާއިރު، ރަނަރަޕް ޓީމް – ޓީމް ލަޓީ ވެސް 2 ހިބަރު ބާނާފައިވެއެވެ. އެންމެ ބަރު މަސް ބޭނި ފަރާތައް މި އަހަރުގެ މަސްރޭހުގެ ގިފްޓް ޕާރޓްނަރ ސީގިއަރ ގެ ފަރާތުން ވަނީ އަގުހުރި ގިފްޓް ޕެކެއް ހަދިޔާކޮށްފައެވެ.

މީގެ އިތުރުން 2ވަނަ ހޯދި ލައްޓި ޓީމުގެ އާދަމް ހިލްމީ ުނަރުވެރިކަމާ އެކު 16 މަސްބާނާ އެންމެ މޮޅު ކޮޔޮޅުގެ މަގާމު ކާމިޔާބުކޮށްފާވާއިރު އެންމެ މޮޅު އަންހެން ކެޔޮޅުގެ މަގާމް ކާމިޔާބުކޮށްފައިވަނީ ދަމާނަގާ ޓީމުން ޚަދީޖާ މޫސާ އެވެ.

މި މުބާރާތުގެ ދެން ހުރި ސިޓީ ތަކުގައި މަސްރޭސް ކުރިއަށް ދާން ހަމަޖެހިފައިވަނީ ތިރީގައިމިވާ ތާރީޚުތަކުގައެވެ.

  • އައްޑޫ ސިޓީ: އޮގަސްޓް 18
  • ފުވައްމުލައް ސިޓީ: އޮގަސްޓް 25

އުރީދޫ މޯލްޑިވްސް ޓީމުން އަދި މަސްރޭސް ގެ ޕާރޓްނަރުންގެ ފަރާތުން ކުޅުދުއްފުށި ސިޓީގައި ކުރިއަށް ދިޔަ މަސްރޭހުން ވަނަތައް ހޯދި ފަރާތްތަކަށް ވަރަށް ހޫނު މަރުހަބާއެއް އަރިސްކުރެއެވެ. އުރީދޫ މޯލްޑިވްސްގެ 18 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަހަރު މަސްރޭސް ވަނީ އިތުރަށް ކުލަގަދަ ކޮށް މާލެ ސިޓީ، ކުޅުދުއްފުށި ސިޓީ، އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީއަށް ފުޅާކޮށްފައެވެ.