English Edition
Dhivehi Edition

ސްޕެއިންގެ ބާސެލޯނާއަށް ކުޅެމުން އަންއި އައިވަރީ ކޯސްޓުގެ މިޑްފީލަޑަރ ފްރެންކް ކެސީ ސައުދީ އަރަބިއާގެ ޕްރޮފެޝަނަލް ލީގެ އަލް އަހްލީއަށް ބަދަލުވެއްޖެއެވެ.

އިޓަލީގެ އޭސީ މިލާނުން ސްޕެއިންގެ ބާސެލޯނާއަށް ކެސީ ބަދަލުވީ މިދި އަހަރުގެ ޖުލައިމަސްތެރޭގައެވެ. އެއް ސީޒަނައް ބާސާގައި ހޭދަކުރުމަށް ފަހު ކެސީ އަލް އަހްލީއަށް ބަދަލުވިއިރު، އޭނާ ހޯދުމަށް އިނގިރޭސި ކުލަބް ޓޮޓެންހަމުން ދިޔައީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް ޔޫރަޕްގެ ކުލަބުތަކަށް ނޫނެކޭ ބުނެ ކެސީ އަލް އަހްލީއަށް ސޮއިކުރީ ފަސް އަހަރުގެ އެއްބަސްވުމެއްގެ ދަށުން 12.5 މިލިއަން ޕައުންޑުގެ އަގަކަށެވެ.

ކެސީ އަހްލީއަށް ބަދަލުވުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން މެންޗެސްޓަރ ސިޓީއަށް ކުޅެމުން އައި ރިޔާދް މަހްރޭޒް އާއި ލިވަޕޫލަށް ކުޅެމުން އައި ރޮބާޓޯ ފިރމީނިއޯގެ އިތުރުން ނިއުކާސަލް އަށް ކުޅެމުން އައި އެލަން ސެއިންޓް މެކްސްމިން އަދި އެޑުއާޑޯ މެންޑިފަދަ ކުޅުންތެރިން ވަނީ އަހްލީއާއި ގުޅިފައެވެ.

ކެސީ ބާސާގައި ހޭދަކުރި ދުވަސްތަކުގައި އޭނާ ވަނީ އެ ކުލަބަށް 43 މެޗު ކުޅެދީ ތިން ގޯލު ޖަހައިދީފައެވެ.