English Edition
Dhivehi Edition

އެމްޑީޕީން މި އަހަރުގެ ރިޔާސީ އިންތިހާބަށް ތައްޔާރުކުރި މެނިފެސްޓޯގައި ހިމެނޭ “އަމާން ދިވެހިރާއްޖެ” ސިޔާސަތު ރޭ އިފުތިތާހު ކޮށްފިއެވެ.

ރޭ ކުޑަހުވަދޫގައި ބޭއްވި “އުފާވެރި އަމާން ރާއްޖެ” ކެމްޕޭން ޖަލްސާގައި މެނިފެސްޓޯގެ ފުރަތަމަ ސިޔާސަތު އިފްތިތާހުކޮށްދެއްވީ، ރައީސުލް ޖުމްހޫރިއްޔާ، އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުޙައްމަދު ޞާލިހެވެ.

މިފަހަރު އެމްޑީޕީގެ މެނިފެސްޓޯ ބަހާފައިވަނީ ފަސް ސިޔާސަތުތަކެއްގެ މައްޗަށެވެ. އެއީ

  1. އުފާވެރި ދިރިއުޅުން
  2. އަމާން މުޖުތަމައު
  3. ޒުވާނުންގެ އާޖީލު
  4. އިގުތިސާދީ ބޮޑު ބަދަލު، އަދި
  5. ހެޔޮވެރިކަން

އެމްޑީޕީގެ “އަމާން ދިވެހިރާއްޖެ”މެނިފެސްޓޯގެ ފަސް ސިޔާސަތުގެ ތެރެއިން މިރޭ އިފްތިތާހުކޮށްފައި އުފާވެރި ދިރިއުޅުމުގެ ސިޔާސަތު އެކަންޏެވެ. މިރޭގެ ޖަލްސާގައި މެނިފެސްޓޯ އެކުލަވާލާފައިވާ ސިޔާސަތުގެ ތަފްސީލްތައް ވެސް ވަނީ ހާމަކޮށްފައެވެ.

އެމްޑީޕީން އާންމު ކުރި މެނިފެސްޓޯގެ މުހިންމު ސިޔާސަތުތަކުގެ ތެރޭގައި މަތީ ތައުލީމު ހާސިލުކުރުމަށް ސަރުކާރުން ދޭ ސްޓޫޑެންޓް ލޯނު ދެއްކުން ބުރައަކަށް ވެފައިވާ ދަރިވަރުންނަށް ލޯނު މާފުކޮށްދިނުމާއި ހިލޭ ޑިގްރީ ޕްރޮގްރާމް ، ސެޓްފިކެޓް ލެވަލް 1 އިން ފެށިގެން ކިޔެވޭ ގޮތަށް ބަދަލުކުރުން ހިމެނެއެވެ.