English Edition
Dhivehi Edition
ހިތަދޫ ސްކޫލްގެ ދަރިވަރުން ސްކޫލްގޯތިތެރޭ ގައި ދުރުކަން ބަހައްޓައިގެން އިށީނދެލައިގެން/ފޮޓޯ ފޭސްބުކް

ބޮޑު ބަންދަކަށްފަހު 84000 އަށްވުރެ ގިނަ ދަރިވަރުންނާއެކު ދިރާސީ އައު އަހަރުގެ ކިޔެވުން ފަށައިފިއެވެ.

ދިރާސީ އައު އަހަރުގެ ކިޔެވުން ފެށިގެން ދިޔައީ ސަރުކާރު ސްކޫލްތަކުގައި ކިޔަވާ 73078 ދަރިވަރުންނާއި އަދި އަމިއްލަ ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންނާ އެކު ޖުމްލަ 84200 އެއްހާ ދަރިވަރުންނާއެކުއެވެ. އޭގެ ތެރެއިން 25,000 އަށް ވުރެ ގިނަ ދަރިވަރުންނަކީ މާލޭ ސަރަޙައްދުގައި ތަޢުލީމު ހާސިލުކުރާ ދަރިވަރުންނެވެ.

ދިރާސީ އައު އަހަރުގެ ކިޔެވުން ފަށާއިރު ސަރުކާރުގެ 216 ސްކޫލެއްގައި ކިޔަވައިދޭ އިރު މީގެތެރެއިން 156 ސްކޫލަކީ އެއްދަންފަޅިއަށް ކިޔަވައިދޭ ސްކޫލްތަކެވެ. އަދި ސެޓްލައިޓް ސްކޫލް ނިޒާމަށް ހަ ސްކޫލެއްގައި ކިޔަވައިދޭނެއެވެ.

މިއަހަރު ގްރޭޑް އެކެއްގައި 7000 އަށްވުރެ ގިނަ ދަރިވަރުން ތަޢުލީމު ހާސިލުކުރަން ފަށާފައިވާއިރު އޭގެ ތެރެއިން 2491 ދަރިވަރުންނަކީ މާލޭގެ ސްކޫލްތަކަށް އަލަށް އެންރޯލްވި ދަރިވަރުންނެވެ.