English Edition
Dhivehi Edition

އައްޑޫ ސިޓީގައި ނޫސަންދަ ކުލިނިކް ހުޅުވައިފިއެވެ.

މިއީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގައި ގާއިމުކޮށްފައިވާ ކުލިނިކެކެވެ.

މި ކުލިނިކު ހުޅުވައިފަނީ އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިޔާތެއްގައި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދެވެ.

މި ކުލިނިކުން ޚިދުމަތްދޭން ފަށާފައިވާއިރު ފުލުހުންނާއި ފުލުހުންގެ އާއިލާތަކަށާއި ފުލުހުންގެ ބަންދުގައި ތިބޭ މީހުންނަށް މި ކުލިނިކުން ޚިދުމަތް ދޭނެއެވެ. އަދި އެމަޖެންސީ ހާލަތްތަކުގައި ފުލުހުންނަށް ލިބޭ އަނިޔާތަކަށް ވެސް ފަރުވާދޭނެއެވެ.

ފުހުލުން ބުނީ އާންމު ބަލިތަކުގެ ޑޮކްޓަރުންނާއި އެކިއެކި ބަލިތަކުގެ ހާއްސަ ޑޮކްޓަރުންގެ ޚިދުމަތް ކުރިއަށް އޮތް ދުވަސްތަކުގައި މި ކުލިނިކުން ލިބޭނެ ކަމަށާއި ބޭސް ފިހާރައިގެ ޚިދުމަތާއި އެކްސްރޭ އަދި ސްކޭންކުރުމުގެ ހިދުމަތްތައް ވެސް ދެމުންގެންދާނެ ކަމަށެވެ.

އެ ކުލިނިކުން މިވަގުތު ޚިދުމަތް ދެމުންދަނީ ހަމައެކަނި ފުލުހުންނާއި ފުލުހުންގެ އާއިލާތަކަށް އެކަނިނަމަވެސް ކައިރި މުސްތަގުބަލެއްގައި އާންމު ރައްޔިތުންނަށް ވެސް މި ކުލިނިކުން ޚިދުމަތްދިނުމަށް ނިންމާފައިވާ ކަމަށް ފުލުހުން ބުނެއެވެ.