English Edition
Dhivehi Edition
އައްޑޫއަށް މީގެކުރިން ކުރި ވިއްސާރައިގައި ފެންހިންދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން/ފޮޓޯ އައްޑޫސިޓީ ކައުންސިލް

ރާއްޖޭގެ އެންމެ ދެކުނުގެ ހަތަރު އަތޮޅަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ވައިޓް އެލާޓް ނެރެފިއެވެ.

މެޓުން ވަނީ މިއަދު ހެނދުނު 8:45 އިން ފެށިގެން މެންދުރު ފަހު 14:45 އާ ހަމައަށް ގއ. އަތޮޅުން ފެށިގެން އައްޑުއާ ހަމައަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށް ވަނީ ލަފާކޮށްފައެވެ.

މި ދުވަސްވަރަކީ ރާއްޖޭއަށް މޫސުން ގޯސް ދުވަސްވަރެއްކަމުން ކަމާ ބެހޭ އިދާރާތަކުން ވަނީ ކަނޑުދަތުރު ފަތުރުކުރުމުގައި ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

ދިވެހިރާއްޖޭގައި އޮންނަ ދެ މޫސުމުގެ ތެރެއިން އިރުވައި މޫސުން ދެމިއޮންނާނީ މީލާދީ ގޮތުން ބަލާއިރު ގާތްގަނޑަކަށް ޖަނަވަރީ މަހުން ފެށިގެން މާރިޗު މަހުގެ ނިޔަލަށެވެ. އަދި ހުޅަނގު މޫސުން ދެމިއޮންނާނީ މެއި މަހުން ފެށިގެން ގާތްގަނޑަކަށް ނޮވެންބަރު މަހުގެ ނިޔަލަށެވެ.