English Edition
Dhivehi Edition
ފޮޓޯ: އިމިގްރޭޝަން

އިމިގްރޭޝަން ކޮންޓްރޯލާ އަޙްމަދު ހުސައިން (ހަނަފީ)، އާއިލާގެ 60 މެންބަރުންނާއެކު އެމްޑީޕީއަށް ސޮއިކުރައްވައިފިއެވެ.

މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ހަނަފީ އެމްޑީޕީއަށް ސޮއިކުރައްވާފައިވާއިރު އޭނާގެ ފޯމުތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހް އާއި ވަނީ ހަވާލުކުރައްވާފައެވެ.

އެމްޑީޕީގެ އިސް ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވި މި ރަސްމިއްޔާތުގައި ހަނަފީ އެމްޑީޕީ އާއި ގުޅިވަޑައިގަތުމުން އެ ޕާޓީން ވަނީ މަރުހަބާ ކިޔާފައެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އެޑްވައިޒަރުކަންވެސް ކުރެއްވި ހަނަފީ އެމްޑީޕީއަށް ސޮއިކޮށްފައިވާއިރު އެ ޕާޓީއަށް މެމްބަރުން އިތުރުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެމްޑީޕީ އިން ރިޔާސީ އިންތިހާބުގެ ކެމްޕެއިން ފޯރި އާއި އެކު ކުރަމުން އަންނައިރު އެ ޕާޓީން އަންނަނީ މި އިންތިހާބު ފަސޭހަކަމާއެކު އިބްރާހީމް މުހައްމަދު ސޯލިހް ކާމިޔާބުކުރައްވާނެކަމަށް ބުނަމުންނެވެ.