English Edition
Dhivehi Edition

ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އައްޑޫ ސިޓީގެ މީހަކު ހޯދުމަށް ފުލުހުން އިއުލާންކޮށްފިއެވެ.

ކްރިިމިނަލް ކޯޓުން ނެރުނު އަމުރާ ގުޅިގެން ހޯދަމުންދަނީ ސ. ފޭދޫ / ޑޭޒީމާގެ، މުޙައްމަދު ޝާވީ (22އ) އެވެ.

ފުލުހުން ބުނީ ކްރިިމިނަލް ކޯޓަށް ހާޒިރު ކުރަން ބޭނުންވެ ހާޒިރު ކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާކަމަށެވެ.

އިތުރަށް ފުލުހުން ބުނީ ޝާވީ ހޯދަމުންދަނީ ދައުލަތުން ދަޢުވާކުރާ ކެނަބިސް ބޭނުންކުރުމުގެ ކުށުގެ މައްސަލައައާ ގުޅިގެން ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާތީ ފުލުހުންގެ ބަންދުގައި ބަހައްޓައިގެން 2023 ޖުލައި 30 ވަނަ ދުވަހު 09:00 އަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމަށް ކޮށްފައިވާ އަމުރާ ގުޅިގެންކަމަށެވެ.

އެހެންކަމުން އޭނާ އާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓުގެ ނަންބަރު 9991442 އަށް ގުޅާ ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.