English Edition
Dhivehi Edition

ރާއްޖޭގެ 58 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރުންނަށް މިނިވަން 58 ގެ ނަމުގައި ހާއްސަ އޮފާއެއް ތައާރަފްކޮށްފިއެވެ.

މިއަދު ތައާރަފް ކުރި މި އޮފާ އަކީ މިނިވަން ދުވަހާއި ކުރިއަށް އޮތް ޗުއްޓީތެރޭގައި އާއިލާ އަދި އެކުވެރިންނާއި ގުޅުން ބަދަހިކުރުމަށް ޕްރިޕެއިޑް އަދި ޕޯސްޓަޕެއިޑް ކަސްޓަމަރުންނަށް ޚާއްސަކޮށް އުރީދޫއިން ތަޢާރަފްކޮށްފައިވާ އޮފާ އެކެވެ.

މިނިވަން 58 ޕެކް މެދުވެރިކޮށް މުޅި ދުވަހަށް 58 ޖީބީ ޑޭޓާ ލިބިގެންދާނެ އިރު، އެންމެ 50 ރުފިޔާ އަށް ލިބޭ މި ޕެކޭޖް އުރީދޫ އެޕް މެދުވެރިކޮށް ފަސޭހަކަމާއި އެކު އެކްޓިވޭޓް ކުރެވޭނެއެވެ.

ހަމައެހެންމެ، #1*929* އަށް ގުޅުއްވައިގެން ނުވަތަ D50 ޖައްސަވާފަ 5555 އަށް އެސްއެމްއެސް ކުރެއްވުމުން ވެސް ވަގުތުން އެކްޓިވޭޓް ކުރެވޭނެއެވެ.

އުރީދޫ އެޕް މެދުވެރިކޮށް އެކްޓިވޭޓް ކުރެއްވުމަށް http://ore.do/app މެދުވެރިކޮށް އުރީދޫ އެޕް ޑައުންލޯޑް ކުރައްވާށެވެ.

އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ މި ޚާއްސަ އޮފާއަކީ މި އުފާވެރި މުނާސަބަތުގައި އެ ކުންފުނީގެ ލޮބުވެތި ކަސްޓަމަރުންނަށް މި ޗުއްޓީ ތެރޭގައި އާއިލާ އާއި ރައްޓެހިންނާއި ގުޅުން ބަދަހިކޮށްލާ ޗުއްޓީގެ އުފާވެރިކަން އިންޓަނެޓް މެދުވެރިކޮށް ފަސޭހަކަމާއެކު ހޯދައިދިނުމުގެ ގޮތުން ތައާރަފް ކުރެވުނު ހާއްސަ އޮފަރ އެއް ކަމަށެވެ. އަދި މި އޮފަރ އަކީ ހުރިހާ ބޭފުޅުންނަށް ވެސް ކަމުދާނެ އޮފަރ އެއްކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

“ދިވެހިރާއްޖޭގެ 58 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި އުރީދޫ ޓީމުގެ ފަރާތުން ވަރަށް އިޚްލާޞްތެރިކަމާއެކު އެންމެހައި ދިވެހިންނަށް ތަހުނިޔާ ދަންނަވަން.” ނިޔާޒު ވިދާޅުވިއެވެ.

އުރީދޫ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ހުރިހާ ކަސްޓަމަރުންނަށް ވެސް އެކްޓިވޭޓް ކުރެވޭ މި ހާއްސަ އޮފާ 26 ޖުލައި 2023 އިން ފެށިގެން 31 އޮގަސްޓުގެ ނިޔަލަށް ނެންގެވޭނެއެވެ.

އުރީދޫ ގެ މެނޭޖްމަންޓް އަދި މުޅި ޓީމުން އުރީދޫގެ ކަސްޓަމަރުންނަށާއި ދިވެހި ރައްޔިތުންނަށް މިނިވަން ދުވަހުގެ ތަހުނިޔާ އަރިސްކުރެއެވެ.

ޓެގު