English Edition
Dhivehi Edition
ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް

އައްޑޫސިޓީ ކައުންސިލްގެ ފަރާތުން އައްޑޫސިޓީގެ ރައްޔިތުންނާއި ބައްދަލުކުރުމަށް ބާއްވާ ބައްދަލުވުން މި މަހު ބާއްވަން ނިންމައިފިއެވެ.

އައްޑޫސިޓީ ކައުންސިލް އިން ބުނީ މި ބައްދަލުވުން އޮންނާނީ 22 ޖުލައި 2023 ވާ ހޮނިހިރު ދުވަހުގެރޭ 8:30 ގައި އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ހޯލުގައި ކަމަށެވެ.

އައްޑޫސިޓީ ކައުންސިލް އިން ބުނީ މި ބައްދަލުވުމަކީ ކުރިޔަށްއޮތް އަހަރަށް ކައުންސިލްގެ ބަޖެޓްގައި ހިމަނަންޖެހޭ ކަންކަމާއި ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ބާއްވާ ބައްދަލުވުމެއް ކަަމަށެވެ.

މި ބައްދަލުވުމުގައި ވާޗުއަލްކޮށް ބައިވެރިވާން ބޭނުންވާ ފަރާތްތަކުން https://meet.google.com/tmf-zjnp-pbj މި ލިންކް މެދުވެރިކޮށް ބައްދަލުވުމުގައި ބައިވެރިވޭނެ ކަމަށް އައްޑޫސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.