English Edition
Dhivehi Edition

ދެކުނު އިންޑިއާ ކަނޑަށް މިއަދު އައި ބިން ހެލުމުން ރާއްޖެއަށް ނުރައްކަލެއް ނެތް ކަމަށް މެޓް އޮފީހުން ބުނެފިއެވެ.

އެ އޮފީހުން މިހެން ބުނީ ދެކުނު އިންޑިއާ ކަނޑަށް މިއަދު ބިން ހެލުމެއް އައުމާއި ގުޅިގެންނެވެ. މެޓުން ބުނީ މި ބިންހެލުމުގެ ބާރު މިނަކީ 6 މެގްނެޓިއުޓް ކަމަށާއި މި ބިންހެލުން އައިސްފައިވަނީ މާލެއާ 1748 ކިލޯމީޓާރު ދުރަށް ކަމަށެވެ.

ބިންހެލުން އައީ 10 ކިލޯމީޓަރު އަޑިއަށް ކަމަށާއި އެހެންނަމަވެސް މި ބިންހެލުމުގެ ސަބަބުން ރާއްޖެއަށް އެއްވެސް ނުރައްކަލެއް ނެތްކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.