ޝައިޙުގެ ރަސްމީ ފޭސްބުކް އެކައުންޓް މެދުވެރިކޮށް ކުރި ޕޯސްޓެއްހައި ޝައިޚް ވިދާޅުވެފައިވެއެވެ.
” މާތް الله ވަޙީކުރެއްވިއެވެ.
(…وَلَا یَضۡرِبۡنَ بِأَرۡجُلِهِنَّ لِیُعۡلَمَ مَا یُخۡفِینَ مِن زِینَتِهِنَّۚ…)(النور:31)
“(ގަހަނާއާއި) ޒީނަތުގެ ތެރެއިން، ވަންހަނާވެފައިވާ ތަކެތި އެންގުމަށްޓަކައި، ފައިތިލަތަކުން (ބިމުގައި) އެކަނބަލުން
ނުތަޅާހުށިކަމެވެ! “
އަންހެނާގެ ފައިގައި އަޅާއުޅޭ ތަކަހޮޅިއާއި އެނޫންވެސް ވަންހަނާކުރެވިފައިވާ ޒީނަތުގެ ކަންކަން އެނގިދާނެ ކަމަށްޓަކައި ހިނގާ ބިނގާވެ އުޅުމުގައިވެސް ބާރުބާރަށް ބިމުގައި ފައިޖަހަމުން ހިނގުން ކީރިތި ޤުރްއާނުގައި ކަނޑައެޅިގެން މަނާ ކުރައްވާފައި ވީހިނދު، އެކަނބަލުންގެ ޒީނަތްތެރިކަން ފާޅުކޮށް ހިލޭ ފިރިހެނުންގެ ކުރިމައްޗަށް ނިކުމެ ނެށުން ހުއްދަވާނީ ކޮންފަދައަކުން ހެއްޔެވެ؟
އެއީ ހަމަ ކަނޑައެޅިގެން ހުރި ޙަރާމް ކަމަކަށް ވުމުގެ އިތުރުން އެއީ ފާޅުގައި މުންކަރާތްތަކަށް އަރައިގަނެ އެކަން ފެތުރުމަށް ބާރުއެޅުންކަމުގައި ނޫނީ ނުވާނެއެވެ. އަދި އަމުދުން ޢީދުފަދަ އިސްްލާމްދީނުގެ މަތިވެރި ޝިޢާރެއްގެ ދަށުގައި މިފަދަކަންކަން ކުރުމުގެ ނުބައިކަން މާބޮޑެވެ.
އޭ! މުޙައްމަދުގެފާނުންގެ އުންމަތަށް ނިސްބަތްވުމުގެ މަތިވެރި ޝަރަފު ލިބިފައިވާ މީހާއެވެ! ތިޔަ ހަލާކު ކުރަނީ އެ އުންމަތެއް ތަރުބިއްޔަތު ކުރެއްވުމުގައި ކައުސާހިބާގެ މުޅިޙަޔާތްޕުޅު ޤުރްބާންކުރެއްވި އުންމަތެވެ. ތިޔަމަަަަަސައްކަތް ކުރަނީ އެންމެހައި ޚަލްޤުތަކުން އެމީހެއްގެ އަމިއްލަ ނަފްސުގެ ސަލާމަތުގައި”ނަފްސީ ނަފްސީ “ގޮވާދުވަހުވެސް އަމިއްލަ ނަފްސުފުޅުގެ ސަލާމަތަށްވުރެ އުންމަތުގެ ސަލާމަތަށް އިސްކަންދެއްވައި “ އުންމަތީ އުންމަތީ”އޭ ވިދާޅުވަމުންދާ ސާހިބާގެ އުންމަތް ފަސާދަކުރާށެވެ.
ޤިޔާމަތް ދުވަހު ކައުސާހިބާގެ ފެން އާރުން ފައްސާލެވި އިތުރުއެކަލޭގެފާނުންގެ ދުޝްމަނަކަށް ވެއްޖެމީހަކަށްވުރެ ނުބައިކަން ބޮޑީ ފަހެކާކުހެއްޔެވެ؟”
ޝައިޚް އަޙުމަދު ޝަމީރުގެ ފޭސްބުކް އެކައުންޓުން ނެގިފައި