English Edition
Dhivehi Edition

މިއަހަރުގެ އަޟްހާ ޢީދު ފާހަގަކުރުމުގެ ގޮތުން ނ. ވެލިދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ ‘ވެލިދޫ ޢީދު އުފާ 1444’ ގެ ޑިޖިޓަލް ޕާޓްނަރަށް ދިރާގު ސޮއިކޮށްފިއެވެ.

އެރަށު ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ މި ޢީދު ފެސްޓިވަލްގައި ކޯޑި ކެނޑުން، މާލި ހެދުން އަދި ދަފި ނެގުން ފަދަ ޢީދުގަ ސަގާފީ ގިނަ ހަރަކާތްތަކެއް ހިމެނެއެވެ. އަދި ވާދެމުން، ފައިގަތަޅާ އަދި ބައިސްކަލް ސައިކްލް ރޭސް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ހަވާއެރުވުމާއި ޢީދު މިއުޒިކް ޝޯއެއްވެސް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މި ޝޯގައި ރާއްޖޭގެ މަޝްހޫރު ފަންނާނުން ކަމަށްވާ ޑެޓިއުން ބޭންޑް އަދި ބިދަބިން ބޮޑުބެރު ގްރޫޕް ވެސް ބައިވެރިވާނެއެވެ.

ވެލިދޫ ކައުންސިލްގެ ރައީސް އާތިފް ހުސެއިން ވިދާޅުވީ މިފަދަ އިޖްތިމާޢީ އިވެންޓްތަކަށް ދިރާގުން އަބަދު ވެސް ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާ ކަމަށާއި އަޟްޙާ ޢީދުގެ ހަރަކާތްތަކަކީ ސަގާފަތުގެ ވަރަށް މުހިންމު ބައެއް ކަމަށެވެ.

އެގޮތުން މިފަދަ ކުލަގަދަ ޙަފްލާއެއް މުޖްތަމަޢުއަށް ގެނެސްދިނުމަށް ދިރާގުން ވެދެއްވާ އެހީތެރިކަމަށްޓަކައި ވަރަށް ޚާއްސަ ޝުކުރެއް ދަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ދިރާގުގެ ޑިރެކްޓަރ ބްރޭންޑް އެންޑް މާކެޓިންގ ކޮމިއުނިކޭޝަންސް، މުހައްމަދު މިރުޝާން ހަސަން ވިދާޅުވީ މުޖުތަމަޢު ބާރުވެރިކުރުވުމަކީ އެކުންފުނީގެ ސީ.އެސް.އާރު ޕްރޮގްރާމްގެ ވަރަށް މުހިންމު ދާއިރާއެއެއް ކަމަށެވެ.

އެގޮތުން ‘ވެލިދޫ ޢީދު އުފާ 1444’ ގެ ޑިޖިޓަލް ޕާޓްނަރަށްވެ، މި ކުލަގަދަ އިވެންޓަށް ސަޕޯޓްކުރުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި އުންމީދަކީ މި ޢީދަކީ ނ. ވެލިދޫގެ ރައްޔިތުންނާއި ރަށަށް ޒިޔާރާތްކުރާ ފަރާތްތަކަށް ފޯރިގަދަ ޢީދަކަށްވުން ކަމަށެވެ.

ދިރާގުން އަބަދު ވެސް މަސައްކަތްކުރަމުން ދަނީ ދިވެހިރާއްޖޭގައި ދިރިއުޅޭ ހުރިހާ ފަރާތްތަކުގެ ދިރިއުޅުން މުއްސަނދިވާފަދަ މިކަހަލަ ތަފާތު ސަގާފީ އަދި އިޖްތިމާޢީ ހަރަކާތްތަކަށް އެހީތެރިވެ އެއްބާރުލުންދިނުމަށެވެ.