English Edition
Dhivehi Edition
ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު ސަނީފް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރައްޔިތުންގެ ހައްގަށް އަރައިގަންނަ ނަމަ، ވެރިކަމުން ބޭލި ގޮތަށް މަޖިލީހުގެ ރިޔާސަތުންވެސް ބާލާނެކަމަށް ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު ސަނީފް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ހުއްޓާލުމާ ގުޅިގެން ރައީސް ނަޝީދަށް އިންޒާރު ދެއްވަމުން ސަނީފް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ 55 މެމްބަރުން ސޮއިކޮށްފަ ވާ ޕެޓިޝަނެއް މަޖިލިހަށް ހުށަހެޅުމުން، ދެން ފިލާ އޮންނަ ނަމަ ޖެހޭނީ އިސްތިއުފާ ދޭން ކަމަށެވެ. އަދި އެހެން ނޫނީ ވެރިކަމުގައި ހުންނަވަނިކޮށް ވެރިކަމުން ބޭލި ގޮތަށް މަޖިލީހުގެ ރިޔާސަތުންވެސް ބާލާނެ ކަމަށް ސަނީފް ވަނީ ވިދާޅުވެފައެވެ.

މަޖިލިހަކީ ކެނެރީގޭ ގޮނޑިކޮއްކޮ މަޖިލިހަކަށް ވާކަށްވެސް ބޭނުން ނުވާ ކަން ފާހަގަކޮށް ސަނީފް ވިދާޅުވީ މަޖިލިސް ރައީސްކަމަކީ ވަކި އާއިލާއަކަށް ލިބިފައި އޮންނަ ވެރިކަމަކަށް ވާކަށް ރައްޔިތުން ނޭދޭ ކަމަށެވެ.