English Edition
Dhivehi Edition
ސްޓެލްކޯ ހެޑް އޮފީސް - ފޮޓޯ: މިހާރު

ސްޓެލްކޯއިން މީޑިއާތަކަށް ފައިސާ ދެނީ ސިއްރުން ނޫން ކަމަށާއި، އެ އެހީތެރިކަން މީޑިއާތަކަށް ދެވޭތީ ފަހުރުވެރިވާ ކަމަށް އެ ކުންފުނީގެ އެމްޑީ އަހްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ސްޓެލްކޯގެ 26 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ރޭ ކްރޮސްރޯޑްގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ ޑިއާތަކަށް އެހީވަނީ ސިއްރުން ނޫން ކަމަށާއި، އެއީ ތެދު މައުލޫމާތު ފޯރުކޮށްދިނުމުގެ ޒިންމާ އަދާކުރުމަށް އެހީތެރިވުމުގެ ގޮތުން ކުރާ ކަމެއް ކަމަށެވެ.

ސްޓެލްކޯ ފަދަ ސަރުކާރު ހިއްސާވާ ކުންފުނިތަކުން ދޭ އެހީއަކީ މީޑިއާތައް “ސަވައިވް” ވުމަށް މުހިންމު އެއްޗެއްކަން ފާހަގަކޮށް ޝަރީފް ވިދާޅުވީ އެ އެހީތެރިކަމަކީ ކުންފުނިން ދުޅަހެޔޮ މުޖަތްމައު އެއް ބިނާކުރުމަށްޓަކައި އެހީތެރިވުމުގެ ގޮތުން ދޭ އެހީތެރިކަމެއް ކަމަށެވެ.

މި ޖަލްސާގައި ސްޓެލްކޯއިން ވަނީ އެ ކުންފުނީގައި ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި މުވައްޒަފުންގެ އަގުވަޒަންކުރައްވާފައެވެ.

 

ޓެގު