English Edition
Dhivehi Edition
ގދ އަތޮޅު ކައުންސިލްގެ ރައީސް ހަސަން ފައިހަތު ގުދުރަތުﷲ،

މިއަށްވުރެ ހަޔާތްކުޑަ، ގޮތެއް ފޮތެއްނެތް އަނިޔާވެރި މުނާފިގު ވެރިޔަކު މިގައުމު ނުދެކޭ ކަމަށް ގދ. އަތޮޅު ކައުންސިލްގެ ރައީސް ހަސަން ފައިހަތު ގުދުރަތުﷲ ވިދާޅުވެއްޖެއެވެ.

މި ސަރުކާރުގެ ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ކުރި ދައުވާ ގެންދިއުމާ ގުޅިގެން ފައިހަތު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަލީ ވަހީދުގެ ފަރާތުން ‏މުވައްޒިފުންނަށް ދިމާވި ޖިންސީ ގޯނާގެ ވާހަކަ އައްސަވާފައި ރައީސް ކީރިތިކުރެއްވާފައި، އެމައްސަލަ މިސަރުކާރުން އޮއްބާލުމަކީ ވަރަށް ހުތުރު ދަށު ދަރަޖައިގެ ކަމެއް ކަމަށެވެ.

https://twitter.com/faihath/status/1669087393360519168?s=61

މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި މައްސަލާގައި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ދައުލަތުން އުފުލި ދައުވާތައް ކުރިއަށް ނުގެންދަން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ނިންމުމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.

އަލީ ވަހީދުގެ މައްޗަށް 2020 ވަނަ އަހަރުގެ ތެރޭގައި ވަނީ ހަތް ދައުވާއެއްކޮށްފައެވެ. އެއީ ޖިންސީ އަނިޔާ ކުރުމުގެ ދައުވާ އާއި ރޭޕް ކުރަން އުޅުމުގެ ދައުވާ އާއި ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ދައުވާ އާއި ހުއްދަ ނޫން ގޮތެއްގައި ޖިންސީ މުއާމަލާތެއް ހިންގަން އެދުމުގެ ދެ ދައުވާ އާއި ޖިންސީ ގޯނާ ކުރުމާއި ޖިންސީ ގޯނާ ކުރަން އުޅުމުގެ ދައުވާއެކެވެ.

1 ކޮމެންޓް
ރައްޔިތުން.
ޖޫން 15, 2023
އަނިޔާވެރިނުންވެރިޔެއް ނުފެނި މިތިބީމުސްކުޅިވެފަ