English Edition
Dhivehi Edition

ފުޓްބޯޅައަށް ލޯބިކުރާ ފަރާތްތަކަށް ހާއްސަކޮށްގެން، ވެލިގާ އިން މިދިޔަ ޔޫރަޕްގެ ފުޓުބޯޅަ ސީޒަންގައި ކުރިއަށް ގެންދިޔަ ‘ފެންޓަސީ ޕްރިމިއާ ލީގު’ގެ ނަސީބުވެރިންނަށް އިނާމު ހަވަލުކޮށްފިއެވެ.

މި އަހަރު ވެސް މި ފެންޓަސީ މުބާރާތް ކުރިއަށް ގެންދިޔައީ، ދިވެހިންނާއި ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނަށް ވެސް ބައިވެރިވެވޭ ގޮތަށެވެ. އެގޮތުން މި މުބާރާތުގައި 10،000 އަށް ވުރެ ގިނަ މީހުން ބައިވެރިވެފައިވާއިރު ނަސީބުވެރި ފަރާތްތަކަށް އިނާމުގެ ގޮތުގައި އެއް ލައްކަ ރުފިޔާގެ ވައުޗާ ވަނީ ހަވާލުކޮށްފައެވެ.

މި މުބާރާތުގެ އެއް ވަނައަށް ދިޔައީ އަހުމަދު ހުސެއިން އެވެ. އިނާމެއްގެ ގޮތުން އޭނާއަށް ވަނީ ބައި ލައްކަ ރުފިޔާގެ ގިފްޓް ވައުޗަރެއް ހަވާލުކޮށްފައެވެ. މީގެއިތުރުން ނަސީބުވެރި އިތުރު 10 ފަރާތެއް ހޮވައި އެއިން ކޮންމެ މީހުންނަށް ވަނީ 2,000ރުފިޔާގެ ގިފްޓު ވައުޗާ ހަވާލުކޮށްފައެވެ. ގެ އިތުރުން ކޮންމެ މަހެއްގެ ވެސް ‘މެނޭޖަ އޮފް ދަ މަންތު’ ހޮވައި، 10 މީހަކަށް ވަނީ 3،000 ރުފިޔާގެ ގިފްޓު ވައުޗަރެއް ދީފައެވެ.

ވެލިގާއިން ބުނީ މި ވައުޗާ ބޭނުންކޮށްގެން، އޭގައިވާ އަދަދަށް، ވެލިގާ އަދި ބްލަންކްގެ ފިހާރަތަކުން ވިޔަފާރި ކުރެވޭނެ ކަމަށެވެ.