English Edition
Dhivehi Edition

މަޝްހޫރު މެކޭނިކަލް ޓޫލްސްގެ ބްރޭންޑެއް ކަމަށްވާ ސަޓާ ޓޫލްސް ވެލިގާ ހާޑްވެއަރ އިން ރާއްޖެއަށް ތަޢާރަފް ކޮށްފިއެވެ.

އުޅަނދުފަހަރު މަރާމާތުކުރުމަށާއި ތަފާތު އެކި ސިނާޢީ ބޭނުންތަކަށް ޚާއްސަކޮށްފައިވާ ސަޓާ އަކީ އެމެރިކާގެ އެޕެކްސް ޓޫލް ގްރޫޕުގެ ސަބްސިޑަރީ ކުންފުންޏެކެވެ. މިއީ ފާއިތުވެދިޔަ 20 އަހަރުގެ ތެރޭގައި ހަލުވިކަމާއެކު މުޅި ދުނިޔޭގައި ފުޅާވަމުން އަންނަ، އެންމެ ފެންވަރު ރަނގަޅު މެކޭނިކަލް ޓޫލްސް އުފައްދާ އެއް ކުންފުންޏެވެ.

އުމުރު ދުވަހުގެ ވޮރެންޓީއާއެކު ފަންސާހަށް ވުރެ ގިނަ ގައުމުގައި މި ޓޫލްސް ވިއްކަމުން އަންނައިރު، ދުނިޔޭގެ ބޮޑެތި އިންޑަސްޓްރީތަކެއްގެ މާހިރުންގެ އިތުބާރު ވެސް ވަނީ ލިބިފައެވެ. އަދި މި ބްރޭންޑުގެ އުފެއްދުންތެރިކަމާއި، މެކޭނިކަލް މަސައްކަތްތަކާއި، ސިނާއީ އެކި މަސައްކަތްކުރާ ފަރާތްތަކުގެ އިތުބާރު ވެސް ވަނީ ލިބިފައެވެ.

ސަޓާގެ ފުލް ރޭންޖު ވެލިގާ އިން ރާއްޖެއަށް ތަޢާރަފްކޮށްފައިވާ އިރު، “ސަޓާ” ބްރޭންޑުގެ އެންމެ ކުދި ޓޫލްސްއިން ފެށިގެން ބޮޑެތި ޓޫލްސްއާ ހަމައަށް އެކިކަހަލަ މެކޭނިކަލް ޓޫލްސް ވެލިގާގެ ފިހާރަތަކުން ލިބެން ހުންނާނެއެވެ.