English Edition
Dhivehi Edition

ވެލިގާ ހާޑްވެއަރގެ އީކޮމަރސް ވެބްސައިޓް ލޯންޗުކޮށްފިއެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްްގައި ހާޑްވެއަރގެ ވިޔަފާރިކުރަމުން އަންނަ ވެލިގާ ހާޑްވެއަރ އިން ބުނީ މި ވެބްސައިޓުން އޯޑަރުކުރާ ތަކެތި ދެ ދުވަހުގެ ތެރޭގައި ލިބޭނެ ކަމަށެވެ. އަދި މުސްތަގުބަލުގައި ވެބްސައިޓަށް އިތުރު ފީޗަރތައް އިތުރުކުރެވޭނެކަމަށެވެ.

“އަޅުގަނޑުމެންގެ ވިސްނުން އެބަހުރި “ޑިޖިޓަލް ރޯޑް” މެޕް އެޑްކުރަން. އަދި ވެބްސައިޓް މެދުވެރިކޮށް ކަސްޓަމަރ ސަރވިސް ވެސް ލިބޭނެ ގޮތް ހެދުމަށް ވެސް.” ވެލިގާ ހާރޑްވެއަރ އިން ބުންޏެވެ.

ހަމައެކަނި މާލޭގައި ޚިދުމަތްދެމުން އަންނަ ކުންފުންޏެއްނަމަވެސް އަލަށް ތައާރަފްކުރެވިގެން މިދިޔަ ވެބްސައިޓާއެކު ރާއްޖޭގެ އެކި ރަށްރަށުގައި ތިބެގެން ފަސޭހަކަމާއެކު އޯޑަރުކޮށް މުދާ ގަނެވޭނެކަމަށާއި ވެބްސައިޓް މެދުވެރިކޮށް ރަށްރަށުން ވިޔަފާރިކުރުމުން މުދާ ރަށު ބޯޓާ ހަމައަށް ޑެލިވަރީ ކޮށްދޭނެ ކަމަށް ވެސް ވެލިގާއިން ބުނެއެވެ. އަދި މާލެ އާއި ހުޅުމާލެއިން ނަމަ ގެއާ ހަމައަށް ޑެލިވަރީކޮށްދޭނެ ކަމަށް ވެސް ބުންޏެވެ.

ވެލިގާއިން ތައާރަފްކުރި މި ހިދުމަތާއެކު އެކުންފުނިން ވިއްކަމުން އަންނަ ހާޑްވެއަރގެ ސާމާނުތައް ކޮންމެ ތާކު ހުއްޓަސް ގަނެލެވޭނެ އެވެ. އަދި ވެބްސައިޓް މެދުވެކިކޮށް ކުރީބައިގައި އޯޑަރުކޮށް ފިހާރަތަކަށްގޮސް މުދާ ނެގޭނެ އިންތިޒާމް (ސްޓޯރ ޕިކްއަޕް) ވެސް ވަނީ ހަމަޖައްސާފައެވެ