English Edition
Dhivehi Edition

މޯލްޑިވް ގޭސްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރގެ މަގާމުގައި ހުންނެވި އަހުމަދު ޝަރީފް މަގާމުން ވަކިކޮށްފިއެވެ.

އެ ކުންފުނީގެ ބޯޑުގެ ނިންމުމަކުން އޭނާ ވަނީ ޑީއެމްޑީގެ މަގާމުންނާއި ބޯޑް މެމްބަރުގެ މަގާމުން ވެސް ވަކިކޮށްފައެވެ. އޭނާ އެ ދެ މަގާމުން ވަކިކށްފައިވަނީ އިއްޔެއެވެ.

ޝަރީފަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވަރަށް އަރިސް ބޭފުޅަކަށްވާއިރު، އޭނާ ވަނީ “ދަ ޑިމޮކްރެޓްސް“ އުފެއްދުމުގައި ވެސް އިސްދައުރެއް އަދާކޮށްފައެވެ. އަދި މެމްބަރުން ހޯދުމުގައި ވެސް އިސްދައުރެއް އަދާ ކުރައްވަމުން ގެންދަވައެވެ.

އޭނާ މަގާމުން ވަކިކުރި އިރު، ވެރިކަން ކުރާ ޕާޓީތަކުގެ މައި ޕާޓީ، އެމްޑީޕީގެ މެމްބަރުންގެ ގޮތުގައި ތިބުމަށްފަހު، އެހެން ޕާޓީތަކަށް، ޚާއްސަކޮށް ސަރުކާރުން ގެންދަވަނީ ދަ ޑިމޮކްރެޓްސް އަށް ބަދަލުވާ މެމްބަރުން ވަޒީފާ އިން ވަކިކުރަމުންނެވެ.