English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން މުހައްމަދު ނަޝީދު ވަކި ކުރުމަށް ހުށަހަޅައިފިއެވެ.

އެކަމަށް ގޮވާލާ ގަރާރު ހުށަހަޅާފައިވަނީ 54 މެމްބަރުންގެ ސޮޔާއެކުގައެވެ.

އެ ގަރާރުގައި އެމްޑީޕީއަށް ނިސްބަތްވާ 50 މެމްބަރުން ވެސް ވަނީ ސޮއި ކޮށްފައެވެ. އަދި ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމް, ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު, ކާށިދޫ ދާއިރާގެ މެމްބަރު އަބްދުالله ޖާބިރާއި، ދ. މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުހައްމަދު ވެސް ސޮއި ކުރައްވާފައި ވެއެވެ.

ގާނޫނުއަސާސީގައި ބުނެފައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ އިތުބާރު ނެތް ކަމަށް ފާސް ވާނީ ޖަލްސާއަށް ހާޒިރުވާ މެމްބަރުންގެ ދެބައިކުޅަ އެއްބައި ވޯޓުން ފާސްވެގެންނެވެ.

މަޖިލީހުގެ ނައިބު ރައީސް ކަމުން އީވާ އަބްދުﷲ ވަކިކުރަން ވެސްް މަޖިލީހަށް ހުށަހަޅާފައިވާިއރު، އީވާގެ އިތުބާރު ނެތްކަމަށް ނިންމާފައިވަނީ ދަ ޑިމޮކްރެޓްސްއަށް އީވާ ސޮއިކުރައްވާފައިވާތީއެވެ