English Edition
Dhivehi Edition
މުހައްމަދު ދީދީގެ ފޯމް ރައީސް ސޯލިހް އާއި ހަވާލުކުރުން-ފޮޓޯ: ސޯޝަލް މީޑިއާ

އައްޑޫ ސިޓީ މީދޫ ޕީޕީއެމްގެ އެންމެ އިސް އެކްޓިވިސްޓް މުހައްމަދު ދީދީ(ހުޅަގުގެ) އެމްޑީޕީއަށް ސޮއިކޮށްފިއެވެ.

މުހައްމަދު ދީދީ އެމްޑީޕީއަށް ސޮއިކޮށްފައިވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި މިއަދު މީދޫއަށް ވަޑައިގެން އެ ރަށުގެ އެމްޑީޕީ މެންބަރުންނާއެކު ބޭއްވި ބައްދަލުވުމުގައެވެ. މުހައްމަދު ދީދީގެ ފޯމާ ހަވާލުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއެވެ.

ރައީސް ޔާމީންއާއި ޕީޕީއެމްއަށް ވަރަށް ބޮޑަށް ތާއިދުކުރެއްވި މުހައްމަދު ދީދީ ވަނީ ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައިވެސް އެ ޕާޓީގެ ކެމްޕެއިންގައި އިސްކޮށް ހަރަކާތްތެރިވެފައެވެ. އަދި ކައުންސިލް އިންތިހާބުގައިވެސް ޕީޕީއެމްގެ ކެންޑިޑޭޓަށް ތާއިދުކުރެއްވި މުހައްމަދު ދީދީ ވަނީ ދާދި ފަހުން ޕީޕީއެމް އިން ބޭއްވި ދާއިރާތަކުގެ އިންތިހާބުގައި މީދޫ ދާއިރާގެ ރައީސްކަމަށްވެސް ވާދަކުރައްވާފައެވެ.

މި އިންތިހާބުގައި އަބްދުއްރަހްމާން އާއި ވާދަކޮށް މުހައްމަދު ދީދީ އަށް ނާކާމިޔާބީ އާއި ކުރިމަތިވި ނަމަވެސް، ފަހުންވެސް ވަނީ ޕީޕީއެމްގެ ހަރަކާތްތަކުގައި ބައިވެރިވެފައެވެ.

ރައީސް ސޯލިހްގެ މި ދަތުރުފުޅުގައި އައްޑޫ ސިޓީގެ އެކި ދާއިރާތަކުން ގިނަ އަދަދެއްގެ ބަޔަކު އެމްޑީޕީއަށް ވަނީ ސޮއިކޮށްފައެވެ.