English Edition
Dhivehi Edition
ރައީސް ސޯލިހް

ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އައްޑޫ ސިޓީއަށް ވަޑައިގަންނަވާ ގޮތަށް ހަަމަޖެހިއްޖެއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރަސްމީ ދަތުރުފުޅެއްގައި ރައީސް ސޯލިހު އައްޑޫ ސިޓީއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 3 ވަނަ ދުވަހުން ފެށިގެން 5 ވަނަ ދުވަހާ ހަމައަށް ކަމަށެވެ.

ރައީސް އައްޑޫއަށް ކުރައްވާ ދަތުރުފުޅުގައި އައްޑޫ ސިޓީގެ ބިން ހިއްކުމުގެ މަޝްރޫއު ރަސްމީކޮށް އިފްތިތާހުކޮށް ދެއްވުމަށް ހަމަޖެހިފައިވާއިރު، ގަން އިންޓަނޭޝަނަލް އޭއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއު ފައްޓަވައި ދެއްވާނެއެވެ. މީގެ އިތުރުން އާދިއްތަ ދުވަހުގެ ރޭ އައްޑޫ ސިޓީ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވައިރު، މި ދަތުރުފުޅުގައި އައްޑޫގައި ކުރިއަށް ދާ ތަރައްގީގެ މުހިއްމު މަޝްރޫއުތައް ބައްލަވައިލައްވާނެއެވެ.

މިއަހަރު ޖަނަވަރީ މަހުވެސް ރައީސް ވަނީ އައްޑޫއަށް ވަޑައިގެން އެ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރައްވާފައެވެ.