ޒުވާނުންނަށް އެމީހުންގެ ހުނަރު ދައްކާލާ، އުފެއްދުންތަކަށް އަދި ހުނަރުތައް މާރކެޓް ކުރުމަށް ބާއްވާ “ޒަވިޔަނި ޔޫތް ފެސްޓިވަލް” މިއަދު ހަވީރު ފަށާނެއެވެ
މި އަހަރުގެ ޒުވާނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޔޫތް މިނިސްޓްރީން ބާއްވާ މި ޙާއްސަ ހަރަކާތުގައި ނުވަދިހައަށް ވުރެ ގިނަ ޒުވާނުން އެމީހުންގެ ހުނަރުތަށް ދައްކާލުމަށް ވަނީ ހަމަޖެހިފައިވެއެވެ.މިއަދު ހަވީރު ހަތަރަކުން މިރޭ ބާރައަށް ރަސްފަންނު ސަރަޙައްދުގަ ކުރިއަށްދާ މި ފެސްޓިވަލްގައި ހަތްދިހަ ސްޓޯލް ހުންނާނެއެވެ
ލައިވް މިއުޒިކާއި އެކު ކުރިއަށްދާ މި ފެސްޓިވަލްގައި ވިޔަފާރިވެރިންނާއި ޒީނަތްތެރިވުމުގެ ދާއިރާއާއި ޅެންވެރިކަމާއި ލިޔުންތެރިކަމުގެ ދާއިރާއާއި ކުރެހުމުގެ ތަފާތު ފަންނުވެރިކަމާއި އަދި ކެއްކުމުގެ ދާއިރާއިން ފާހަގަކޮށްލެވޭ ޒުވާނުން ފެނިގެންދާނެ ކަމަށް ޔޫތު މިނިސްޓަރީންވަނީ ވިދާޅުވެފައެވެ.މިއަދު ހަވީރު މި ފެސްޓިވަލް ފައްޓަވައިދެއްވާނީ މިނިސްޓަރ އޮފް ޔޫތް އެންޑް ސްޕޯޓްސް އިރުތިޝާމް އާދަމެވެ