English Edition
Dhivehi Edition
ފޮޓޯ:އެމްޓީސީސީ

ފުވައްމުލަށް ސިޓީ އެތެރޭގެ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތުގެ 86 އިންސައްތަ މިހާރު ނިމިފައިވާކަމަށް އެ ކުންފުނިން ބުނެފިއެވެ

އެމްޓީސީސީން ބުނީ ސަބް ބޭސް އެޅުމުގެ މަސައްކަތް މިހާރު 92 އިންސައްތަ ނިމިފައިވާކަމަށާ، ސަބް ގްރޭޑް އެޅުމުގެ މަސައްކަތުގެ 66 އިންސައްތަ ނިމިފައިވާކަަމަށެވެ. އެމްޓީސީސީން ބުނީ ސައިޓުގައި މިހާރު ކުރިއަށްދަނީ ތާރުއެޅުމާ މަގުބައްތި ހަރުކުރުމުގެ މަސައްކަތެވެ.

މި މަޝްރޫއުގެ ދަށުން، 122,659 އަކަ މީޓަރުގެ ސަރަޙައްދެއްގައި ސަބްބޭސް އެޅުމާއި، 95,239 އަކަ މީޓަރުގެ ސަރަހައްދެއްގައި ތާރު އެޅުމަށް ނިންމާފައިވާއިރު 27،450 އަކަ މީޓަރުގެ ފުޓްޕާތް ހެދުމަށްވަނީ ނިންމާފައެވެ. އަދި މަގުމަތީ ނިޝާން ހަރުކުރުމާއި، މަގުބައްތި ހަރުކުރުމުގެ އިތުރުން 19,940 މީޓަރުގެ ފެންހިންދާ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ކުރުމަށްވަނީ ނިންމަފައެވެ.

މި މަޝްރޫއަކީ 302.72 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.