English Edition
Dhivehi Edition
ފުވައްމުލައް ސިޓީ

ފުވައްމުލަކު ސިޓީގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ޒަހަމްވި ދެ ޒުވާނުންނަށް އިތުރު ފަރުވާއަށް މާލެ ފުރުވާލައިފިއެވެ.

ފުވައްމުލަކު ހޮސްޕިޓަލުން ބުނީ މި މައްސަލައިގައި އަނިޔާވި ދެ މީހުން އިތުރު ފަރުވާއަށް އައިޖީއެމްއެޗްއަށް ފޮނުވާފައިވާ ކަމަށާ އަނިޔާ ލިބިފައިޗަނީ އެ ޒުވާނުންގެ ބޮލަށް ކަމަށެވެ.

ރޭ 11:25 ހާއިރު ފުވައްމުލައް ސިޓީގައި ހިނގި އެކްސިޑެންޓުގައި އަނިޔާވީ 18 އަދި 19 އަހަރުގެ ދެ ޒުވާނުންނަށެވެ، މި އެކްސިޑެންޓުގައި ދެ ސައިކަލަށްވެސް ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު އެކްސިޑެންޓުވި ދެ ޒުވާނުންނަކީ ވެސް ސައިކަލު ދުއްވުމުގެ ލައިސަންސު އޮތް ދެ މީހުންނެވެ

ފުލުހުން އިތުރަށް ބުނީ އެ އިދާރާއިން އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން ގެންދާ ކަމަށެވެ.