English Edition
Dhivehi Edition
ފުލުހުންގެ ހެޑްކުއާޓާސް، ޝަހީދު ޙުސައިން އާދަމް ބިލްޑިންގ - ފޮޓޯ: ޕޮލިސް

ރާއްޖެއިން ބޭރުން މީހުން ގެނެެސްގެން ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދިޔަ ބަންގްލަދޭޝްގެ މީހަކު ހައްޔަރު ކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ ވިލިމާލޭގައި ދިރިއުޅެމުން ދިޔަ އެމްޑީ ފައިޖުލް އިސްލާމް(33އ)އެވެ.

އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަަށް ގެންދިޔުމުން އެ ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ދީފައެވެ.

އޭނާގެ ބަންދު އަމުރުގައި ބުނެފައިވަނީ ފައިޖުލް އިސްލާމްއަކީ ފުޅާ ދާއިރާއެއްގައި ރާއްޖެއިން ބޭރުން މީހުން ގެނެސްގެން ހަށިވިއްކުމުގެ ވިޔަފާރި ކުރާ މީހެއްކަމަށާ އަދި އޭނާއަކީ އެ ނެޓްވޯކުގެ އިސް ފަރާތް ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ.

ފަހަކަށް އައިސް ރާއްޖޭގައި ހަށިވިއްކުމުގެ ވިޔަފާރި ވަރަށް ފުޅާ ދާއިރާއެއްގައި ކުރަމުން އަންނައިރު ފުލުހުން އަންނަނީ މި މަސައްކަތްކުރަ ފަރާތްތައް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ޓެގު