English Edition
Dhivehi Edition

ރަމަޟާން މަހަށް ހާއްސަކޮށްގެން އުރީދޫ މޯލްޑިވްސް އިން ކުރިއަށް ގެންދިޔަ ހަދިޔާ ފޮށި ޕްރޮމޯޝަންގެ އެންމެ އަގު ހުރި އިނާމު ހޮންޑާ ސްކޫޕީ ސައިކަލު ގެ ނަސީބުވެރި ފަރާތާއި ސައިކަލް ހަވާލުކޮށްފިއެވެ.

ސައިކަލް ހަވާލު ކޮށްދީފައިވަނީ އުރީދޫ މޯލްޑިވްސް ގެ މެނޭޖިންގް ޑިރެކްޓަރ އަދި ސީއީއޯ، ޙާލިދް އަލް ހަމާދީ ބްރިޖް ވިއުވިންގް ޕެލެޓްފޯމްގައި ބޭއްވުނު ހާއްސަ ހަފްލާއެއްގައެވެ.

ހަބޭސް ބޮޑުބެރުގެ ހަރަކާތްތަކުން ފެށުނު މި ހަފްލާގައި އިނާމު ހަވާލުކުރުމުގެ އިތުރުން ހަދިޔާ ފޮށީގެ ތީމާއި އެއްގޮތައް ސްޕިން ދަ ވީލް ގޭމެއްގައި ބައިވެރިވެގެން އިތުރު ހަދިޔާތައް ހޯދުމުގެ ފުރުސަތުވެސް އެސަރަހައްދުގައި ތިބި ފަރާތްތަކަށްލިބިގެންދިޔައެވެ.

މި ހަފްލާގައި އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލް ހަމާދީ ވިދާޅުވީ ނިމި ދިޔަ ބަރަކާތްތެރި ރަމަޟާން މަހު ކަސްޓަމަރުންގެ އަގު ވަޒަންކުރުމުގެ ގޮތުން ކޮންމެދުވަހަކުވެސް ކޮންމެވެސް ހަދިޔާ އެއް ދެވުމަކީ ލިބިގެންދިޔަ ވަރަށް ބޮޑު އުފަލެއްކަމަށެވެ. އަދި ހަދިޔާ ފޮށިން އަގުހުރި އިނާމުތައް ލިބިގެންދިޔަ ނަސީބުވެރި ފަރާތްތަކަށް ވަރަށް ހޫނު މަރުހަބާއެއް ވަނީ ކިޔާފައެވެ.” މިދެވުނު ހަދިޔާތަކަކީ ކަސްޓަމަރުންނަށް ކަމުދިޔަ ހަދިޔާތަކެއް ކަމަށް އެއްމީދުކުރަން. އަދި ކުރިއަށް އޮތް ތަނުގައިވެސް މިފަދަ މަޖާ އަދި އަގުހުރި ޕްރޮމޯޝަންތަކާއި އެކު ކަސްޓަމަރުންނަށް ފައިދާ ހުރި އެތައް ހިދުމަތެއް ފޯރުކޮށްދިނުމުގައި އަޅުގަނޑުމެން ދެމި ތިބޭނެ ކަމުގެ ޔަގީންކަން އަރުވަން.” ޚާލިދު އަލް ހަމާދީ ވިދާޅުވިއެވެ.

“ހަދިޔާ ފޮށި” ގޭމަކީ އުރީދޫ އެޕްމެދުވެރިކޮށް އެއް މަސް ދުވަހުގެ މުއްދަތަށް ރަމަޟާން މަހު ކުރިއަށް ގެންދިޔަ ގެމިފައިޑް ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަންގެ ދަށުން އުރީދޫ ޕްރީޕެއިޑް، ޕޯސްޓްޕެއިޑް އަދި ސުޕަނެޓްގެ ހުރިހާ ކަސްޓަމަރުންނަށް ރަމަޟާން މަހު ކޮންމެ ދުވަހަކު ވެސް އަގުހުރި ހަދިޔާތަކެއް ހޯދުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފަ އެވެ.

މި ޕްރޮމޯޝަންގައި 1 ޓީބީއާ ހަމައަށް ހިލޭ ޑޭޓާ، ސްކޫޕީ ސައިކަލު، އައިޕޯން، ސޯފާ، ސްމާޓް ޓީވީ، ލެޕްޓޮޕް، ހޯމްޕޮޑް މިނީ، ބަދިގެއަށް ބޭނުންވާ ސާމާނު ފަދަ އަގުހުރި ހަދިޔާތައް ހިމެނެއެވެ. ދުވާލަކު އެއްފަހަރު ކުޅެވޭ މި ހާދިޔާ ފޮށި ގޭމުން ކޮންމެ ދުވަހަކުވެސް ކޮންމެ ކަސްޓަމަރަކަށްވެސް ހަދިޔާ ކޮންމެވެސް ހަދިޔާ އެއ ލިބޭ އިރު، އުރީދޫ ގެ ކަސްޓަމަރުންގެ ތެރެއިން %75 އަށް ވުރެ ގިނަ ކަސްޓަމަރުން ވަނީ މި ގޭމުގައި މުޅި ރަމަޟާން މަހުގެ ތެރޭގައި ބައިވެރިވެފައެވެ.

ހަދިޔާ ފޮށި ކުޅެގެން އަގުހުރި އިނާމުތައް ހޯދި ފަރާތްތަކާ އިނާމުތައް ރަމަޟާން މަހުގެ ތެރޭގައިވެސް ހަވާލުކުރެވެމުން ދިޔައިރު، ޢީދަށް ފަހު އުރީދޫ މޯލްޑިވްސްގެ ހެޑް އޮފީހުގައި ބޭއްވުނު ހާއްސަ ހަފްލާއެއްގައި ވަނީ ހަވާލުނުވެ ހުރި ކަސްޓަމަރުންނާ އެ ހަދިޔާތައް ހަވާލު ކުރެވިފައެވެ.

ފެންވަރު ރަނގަޅު ހިދުމަތްތަކާއި އީޖާދީ ޑިޖިޓަލް ސޮލިއުޝަންތަކާއި ހިދުމަތްތައް މެދުނުކެނޑި ތައާރަފްކޮށް ކަސްޓަމަރުންނާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުޖުތަމައުތަކުގެ ދިރިއުޅުން މުއްސަނދިކުރުމަށް މަސައްކަތް ކުރުމުގައި ދެމި ތިބޭނެ ކަމުގެ ޔަގީންކަން އުރީދޫ މޯލްޑިވްސް އިން އަރުވައެވެ.