English Edition
Dhivehi Edition

މަކަރާއި ހީލަތުގެ މައްސަލައިގައި ހައްޔަރުކުރި އައްޑޫ ސިޓީ މީހެއްގެ ބަންދަށް 30 ދުވަސް ޖަހައިފިއެވެ.

މަކަރާއި ހީލަތުގެ މައްސަލައިގައި ނުވަ ވަނަ ފަހަރަށް ހައްޔަރުކޮށްފައިވަނީ ސ. ހުޅުދޫ އިރަމާގެ، ހުސައިން ޒައިދާން އަލީ (23އ) އެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ މަކަރާއި ހީލަތް ހެދުމާ، ފޯޖަރީ އާއި މަނީ ލޯންޑަރިން އަދި ކައުންޓަފީޓްގެ އިތުރުން ސައްހަ ނޫން ޑޮލަރު ބޭނުން ކޮށްގެން ވިޔަފާރި ކުރި ކަމުގެ ތުހުމަތުގައެވެ. އިއްޔެ ޒައިދާންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން މި މައްސަލައިގައި އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ވަރަށް ހެއްކާއި ސީސީޓީވީ ފުޓޭޖާއި ވިކްޓިމްގެ ބަޔާން ހުށަހަޅާފައި ވާކަމަށް ކޯޓުން ވަނީ ބުނެފައެވެ.

އޭނާ ބަންދުކުރުމަށް ކޯޓުން ނެރުނު އަމުރުގައި ވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މި ބާވަތުގެ އިތުރު ހަތް މައްސަލައެއްގެ ތަހުގީގު ކުރިއަށް ދާ ކަމަށާ އަދި އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މި ބާވަތުގެ ދެ މައްސަލައެއް ޝަރީއަތަށް ހުށަހެޅި ކޯޓުގައި ހިނގަމުން ދާކަމަށެވެ.

ޓެގު