English Edition
Dhivehi Edition

ޖޯން ޗާލްސް ސޭފަޓް 10 އަހަރު ވަންދެން ރާއްޖެ ނާދެވޭ ގޮތަށް ރޭ ޑީޕޯޓްކޮށްލައިފި އެވެ. މި ދިޔަ ޖެނުއަރީ މަހު 16 ވަނަ ދުވަހު ޕާސްޕޯޓް ނެތި ގަވާއިދާ ޚިލާފަށް އުޅެމުން ދަނިކޮށް ޖޯން ހައްޔަރުކޮށްފައިވަނީ ހުޅުމާލެއިންނެވެ. ޖޯން ރާއްޖޭގައި އުޅުނީ ދިވެހި ބަޔަކާ ގުޅިގެން ހުޅުމާލޭގައި ގެސްޓްހައުސް ވިޔަފާރި ހިންގުމަށްކަމަށް ޖޯންގެ ވަކީލުންވަނީ ބުނެފައެވެ. އަދި އެ ވިޔަފާރީގައި ބައިވެރިވި މީހުން ޖޯން އަތުން ފައިސާ އަތުލުމަށް ފަހު އޭނާގެ ޕާސްޕޯޓް ވަގަށް ނަގަާފައިވާ ކަމަށް ވަކީލުން ބުނެފައިވެ އެވެ. ޖޯންގެ ޕާސްޕޯޓް ވަގަށް ނެގުމުން އެ މައްސަލަ ފުލުހުންނަށް ހުށަހެޅުމުން ފުރަތަމަ ފަހަރު އެ ޕާސްޕޯޓް ފުލުހުން ހޯދާފައިވާ ކަމަށް ޖޯންގެ ވަކީލްވަނީ ބުނެފައެވެ. އެކަމަކު ދެ ވަނަ ފަހަރު ގެއްލުނު ފަހުން އެ ޕާސްޕޯޓް ފުލުހުންނަށް ނުހޯދޭ ކަމަށާއި ޕާސްޕޯޓް ގެއްލުނު މައްސަލަ އިމިގްރޭޝަނާއި އެމެރިކާގެ އެމްބަސީގެ ސަމާލު ކަމަށް ވެސް ޖޯން ގެނައި ކަމަށް ވަކީލް ބުންޏެވެ. ޖޯން އަށް ލިބެން ޖެހޭ ފައިސާގެ ބައެއް މައްސަލަތައް އޭނާގެ ފަރާތުން ހުށަހަޅާފައިވާއިރު، އެކި ކޯޓުތަކުގައި އެ މައްސަލަ ހިގަމުންދާކަމަށާއި ޖޯން ރާއްޖޭގައި ނެތަސް އެ މައްސަލަތައް ކުރިއަށް ދާނެ ކަމަށް އޭނާގެ ވަކީލުން ވަނީ ބުނެފައެވެ. ޖޯން ހުށަހެޅި ފައިސާގެ ހުރިހާ މައްސަލައެއް ވެސް މިހާތަނަށް ނިމުނީ އޭނާއާ އެއްކޮޅަށެވެ. ޖޯން ޑޯޕޯޓްކޮށްފައިވަނީ 05 މަސް ދުވަސްވަންދެން އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށް ފަހުގައެވެ.