English Edition
Dhivehi Edition

ހައްދުންމަތީ ކަލައިދޫ ގައި އަލަށް އުފަންވެ ރަށްވެހިވާ ކޮންމެ ކުއްޖަކަށް ހަދިޔާ ވަށި ދިނުމަށް. އެކަމުގެ އުސޫލު އާންމުކޮށްފިއެވެ.

ގެޒެޓް ކޮށްފައިވާ އުސޫލުގައި ބުނެފައިވާ ގޮތުގައި މިއީ ހައްދުންމަތީ ކަލައިދޫ ރަށްވެހިންގެ ރަޖިސްޓްރީގައި އަލަށް އުފަންވެ ރަށްވެހިވާ ކޮންމެ ކުއްޖަކަށް ހަދިޔާ ވަށި ދިނުމަށް ހެދި އުސޫލެކެވެ.

މިއަދު އަމަލުކުރަން ފެށި މި އުސޫލުގެ ދަށުން 2023 ޖެނުއަރީ 01 ގެ ފަހުން އުފަންވެފައިވާ ކުދިންނަށް ވެސް ހަދިޔާ ދޭނެއެވެ. މި އުސޫލުގައިވާ ގޮތުން ހަދިޔާ ލިބޭނީ އުފަންވާ ކުދީންގެ ތެރެއިން ރަށުގައި ރަޖިސްޓްރީ ކުރާ ކޮންމެ ކުއްޖަކަށެވެ. މި އުސޫލުގައި ވާ ގޮތުން ރަށުގައި ވިހޭނަމަވެސް ރަށުގައި ރަޖިސްޓްރީ ނުކުރާނަމަ ހަދިޔާއެއް ނުލިބޭނެއެވެ. އަދި ން ރަށަކަށް ރަޖިސްޓްރީކޮށް އަލުން ރަށަށް ރަޖިސްޓްރީ ކުރާ ކުދީންގެ ތެރެއިން މިހަދިޔާ ވަށި ލިބޭނީ އުމުރުން 1 އަހަރުން ދަށުގެ ކުދީންނަށެވެ.

މި ހަދިޔާ ވަށީގައި ހުންނާނީ 700-1000 ދިވެހި ރުފިޔާ އާ ދޭތެރޭ އަގުގެ އެންމެ ތުއްތު ކުދީންނަށް ބޭނުން ކުރެވޭ ޒާތުގެ ތަކެއްޗެވެ.

މި އުސޫލުގައިވާ ގޮތުން ހަދިޔާ ވަށި ހަވާލު ކުރެވޭނީ ކުއްޖާގެ އުފަން ދުވަހުގެ ސެޓްފިކެޓް އަދި އުފަން ދުވަހުގެ ރަޖިސްޓްރީގެ ކޮޕީ ކައުންސިލަށް ހުށަހަޅުމުންނެވެ. މި އުސޫލުގައިވާ ގޮތުން އެކުއްޖާ ރަށުގެ ރައްވެއްސެއްގެގޮތުގައި ރަށުގެ ގޭގެ މީހުންގެ ރަޖިސްޓްރީގައި ކުއްޖާ ހިމެނަންޖެހެއެވެ.

ހަދިޔާ ވަށި ލިބޭ ފަރާތަކީ ރަށުން ބޭރުގައި ދިރިއުޅޭފަރާތެއްނަމަ ބަދަލުގައި ބެލެނެވެރިޔާ ހުށަހަޅާ ފަރާތަކަށް ހަދިޔާ ވަށި ހަވާލު ކުރެވޭނެއެވެ.