English Edition
Dhivehi Edition
ހައި އެޗީވާސް އެވޯޑު ލިބުނު ދަރިވަރަކަށް ލިއުން ޙަވާލު ކުރުން/ފޮޓޯ ރައީސް އޮފީސް

މަތީ ސާނަވީ ނިންމާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަރޝިޕް 17 ދަރިވަރަކު ހާސިލުކޮށް ، އަދި ހައި އެޗީވާސް ސްކޮލަރޝިޕް 138 ދަރިވަރަކު ހާސިލްކޮށްފިއެވެ.

މިދިޔަ ދިރާސީ އަހަރުގެ މަތީ ސާނަވީ އިމްތިޙާނުން އެއްވަނަ ދަރަޖައިގައި ފާސްވި 17 ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަރޝިޕްގެ ލިއުން އެދަރިވަރުންނާ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުއެވެ. އަދި ހައި އެޗީވަރސް ސްކޮލަރޝިޕް ޙާޞިލްކުރި 18 ދަރިވަރަކަށް ލިއުން ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ.

ފަސް މާއްދާއިން އޭ ސްޓަރ ހޯދާ ދަރިވަރުންނަށް ދޭ ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ ސްކޮލަރޝިޕް ލިބެނީ ސެންޓަރ ފޮރ ހަޔަރ ސެކަންޑްރީ އެޑިޔުކޭޝަން (ސީއެޗްއެސްއީ)ގެ ނުވަ ދަރިވަރުންނާއި އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ތިން ދަރިވަރުންނާއި ވިލާ ހައި އިންޓަރނޭޝަނަލް ސްކޫލްގެ އެއް ދަރިވަރަކާއި ގއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރަކާއި އައްޑޫ ހައި ސްކޫލުގެ ދަރިވަރަކާއި އިހަވަންދޫ ސްކޫލުގެ ދަރިވަރެއްގެ އިތުރުން އަލްޢަރަބިއްޔަތުލް އިސްލާމިއްޔާގެ ދަރިވަރަކަށެވެ.

ހައި އެޗީވާސް ސްކޮލަޝިޕް ލިނުބު ދަރިވަރުންނަށް ލިއުން ޙަވާލު ކޮށްދެއްވުން/ފޮޓޯ: ރައީސް އޮފީސް

ރައީސްގެ ޚާއްޞަ ސްކޮލަރޝިޕް ލިބުނު ދަރިވަރުން:

  • ނާޝާ ނަސީމް، (ސީއެޗްއެސްއީ)
  • ރާނިޔާ އަގްލީމް، (ސީއެޗްއެސްއީ)
  • ޝާއިން މުޙައްމަދު ރިފްއަތު، (ސީއެޗްއެސްއީ)
  • އައިޝަތު ރައިފާ ނަސީމް، (ސީއެޗްއެސްއީ)
  • އައިޝަތު ޔަޝާ އަހުމަދު، (ސީއެޗްއެސްއީ)
  • މަރިޔަމް މަލާކު ހުސައިން ރަޝީދު، (ސީއެޗްއެސްއީ)
  • އަބްދުﷲ ރައުދު މޫސާ، (ސީއެޗްއެސްއީ)
  • އައިޝަތު އިއްޒަތު ޔޫސުފު، (ސީއެޗްއެސްއީ)
  • އައިޝަތު ނީޝާން ވަހީދު، (ސީއެޗްއެސްއީ)
  • ޒައިނާ ނަސީމް ( ވިލާ ހައި އިންޓަރނޭޝަނަކް ސްކޫލް )
  • އަހްމަދު މައޫޝް ސަބްރީ ( ގއ. އަތޮޅު ތަޢުލީމީ މަރުކަޒު)
  • ފާތުމަތު ނަބާހާ ހުސައިން ( އައްޑޫ ހައި ސްކޫލް)
  • ޙަސަން ސިޔާދު ( އިހަވަންދޫ ސްކޫލް)
  • މަލްސާ މުޖްތަބާ ( އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް)
  • މަރިޔަމް އަޙްމަދު ( އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް)
  • ޝިނާ އަޝްރަފު ( އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް)
  • އަބްދުﷲ ސަރޫފު މުޙައްމަދު (އަލް މަދަރަސަތުލް އަރަބިއްޔާ )
ހައި އެޗީވާސް ސްކޮލަޝިޕް ކިނުބު ދަރިވަރުންނަށް ލިއުން ޙަވާލު ކޮށްދެއްވުން/ފޮޓޯ: ރައީސް އޮފީސް

ރައީސްގެ ޚާއްޞަ ސްކޮލަޝިޕް ލިބެނީ “އިސްލާމް” އަދި “ދިވެހި” ހިމެނޭ ގޮތަށް 5 މާއްދާއިން އޭ ސްޓަރ ހޯދާފައިވުން ނުވަތަ ޝަހާދަ ސާނިވީ އިމްތިޙާނުގައި ބައިވެރިވެ ހުރިހާ މާއްދާއަކުން A (އޭ) ސްޓަރ ޙާޞިލްކޮށްފައިވުން އަދި ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން އިނގިރޭސިން “ސީ” އިން ފެށިގެން މަތީ ގްރޭޑެއް ލިބިފައި އޮތުމުންނެވެ.

މި ސްކޮލަރޝިޕް ލިބޭ ދަރިވަރުން ކިޔަވަން ބޭނުން ދާއިރާއަކުން ބޭނުން ޤައުމެއްގައި ފުރަތަމަ ޑިގްރީ ފުރިހަމަ ކުރުމުގެ ޚަރަދު، ސްކޮލަރޝިޕާބެހޭ އުޞޫލުގައިވާ ގޮތުގެ މަތީން ހަމަޖައްސައިދޭނީ ސަރުކާރުންނެވެ.

ހައި އެޗީވާސް ސްކޮލަޝިޕް ލިނުބު ދަރިވަރުންނަށް ލިއުން ޙަވާލު ކޮށްދެއްވުން/ފޮޓޯ: ރައީސް އޮފީސް

އެޑިއުކޭޝަނުން ބުނީ ހައި ސްކޮލަރޝިޕް ދެނީ “އިސްލާމް” އަދި “ދިވެހި” ހިމެނޭ ގޮތަށް 5 މާއްދާއިން A ފާސް ހޯދާފައިވުން އަދި ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން އިނގިރޭސިން “ސީ” އިން ފެށިގެން މަތީ ގްރޭޑެއް ލިބިގެން ކަމަށެވެ.

މި ސްކޮލަރޝިޕްގެ ދަށުން ފުރުޞަތު ދެވޭނީ، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންގެ ވެބްސައިޓްގައި އާންމުކޮށްފައިވާ “ނެޝަނަލް ޓްރެއިނިންގް ނީޑްސް ލިސްޓް” ގައި ހިމެނޭ ދާއިރާތަކުން ފުރަތަމަ ޑިގްރީ ފުރިހަމަ ކުރުމަށެވެ.

މި ސްކޮލަރޝިޕްގެ ދަށުން ކިޔެވުމަށް ފުރުސަތު ހުޅުވާލާފައިވާ ޤައުމުތަކަކީ ދިވެހިރާއްޖެ، މެލޭޝިޔާ، ތައިލެންޑް، ފިލިޕީންސް، ޗައިނާ، ސާރކް އަދި އޯއީސީޑީގެ ޤައުމުތަކެވެ.