English Edition
Dhivehi Edition

ހއ. މުރައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ބޭރުތޮށީގެ މަސައްކަތް ފަށައިފިއެވެ.

މި މަޝްރޫޢުގެ ދަށުން، 28,101 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 224 މީޓަރުގެ ސަރަޙައްދެއްގެ އެއްގަމުތޮށި ލުމާއި، 1,933 އަކަމީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ރޭމްޕެއް ހެދުމާއި، މަގުބައްތި ހަރުކުރުމުގެ މަސައްކަތް ނިމިފައި ކަމަށް އެމްޓީސީސީން ބުނެއެވެ.

މި މަސައްކަތް ހަވާލުކޮށްފައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ ބޭރުތޮށީގެ ޕްރޮފައިލިންގ މަސައްކަތްތައް މިހާރު ފަށާފައިވާކަމަށެވެ. އަދި ބެޑް ޕްރިޕަރޭޝަން މަސައްކަތްތަކުގެ 55 އިންސައްތަ ނިމިފައިވާކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫއު ނިމޭއިރު ބަނދަރާއި ނެރު ފުންކުރުމާއި، ރޭމްޕެއް ހެދުމާއި، ވޯރކްވޭ ބްރިޖެއް ހެދުމާއި، ނެރުބައްތިއާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ

މިއީ 34.28 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.