English Edition
Dhivehi Edition

2012 ވަނަ އަހަރު އުފެއްދި މެލޭޝިޔާގެ ބަޖެޓް އެއާރލައިން “ބަޓިކް އެއާރ”ގެ ދަތުރުތައް ރާއްޖެއަށް މިރޭ ފަށައިފިއެވެ.

އޭވިއޭޓަރ މޯލްޑިވްސްއިން މަޢުލޫމާތު ދޭ ގޮތުގައި މި ދަތުރުތަކުގެ ފުރަތަމަ ފުލައިޓް “އޯޑީ 297” ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓުގައި ޖައްސާފައި ވަނީ ރާއްޖެ ގަޑިން މިރޭ 08:30 ހާ އިރެވެ.

މި ފުލައިޓް ރާއްޖެއަށް އައިސްފައި ވަނީ މެލޭޝިޔާގެ ކުއަލަލަން ޕޫރުން ސްރީލަންކާގެ ކޮލަމްބޯއަށް ޓްރާންސިޓް ކުރުމަށް ފަހުއެވެ.

ރާއްޖެއަށް ކުރާ މި ދަތުރުތަކުގައި ބަޓިކް އެއާރއިން އޮޕަރޭޓްކުރަނީ ބޮއިން 737 މެކްސް މަރުކާގެ ފުލައިޓްތަކެވެ. މި އެއާރލައިންގެ ފުލީޓުގައި 73 މަތިންދާ ބޯޓު އޮވެއެވެ.