English Edition
Dhivehi Edition

ފިސްތޯލައެއް ރޫޅާލައި އޭގެ ބައިތައް ޕީނަޓު ބަޓަރު ފުޅިއެއްގެ ތެރެއަށް ލައިގެން އެތެރެކުރަން މަސައްކަތް ކުރި މީހަކު ނިއުޔޯކްގެ ޖޯން އޮފް ކެނެޑީ އިންޓަރނޭޝަނަލް އެއާޕޯޓުން ހައްޔަރުކޮށްފިއެވެ.

ޓްރާންސްޕޯޓް ސެކިއުރިޓީ އެޑްމިނިސްޓްރޭޝަން (ޓީއެސްއޭ) ގެ އޮފިޝަލަކު ހާމަކުރި ގޮތުގައި އެ މީހާ ވަނީ ސެމީ އޮޓަމެޓިކް ގަން އެއް ރޫޅާލައި އޭގެ ބައިތައް ޕީނަޓު ބަޓަރ ފުޅިތަކަށް ލައި ފޮރުވައިގެން އެއަރޕޯޓަށް އެތެރެކުރަން މަސައްކަތް ކޮށްފައެވެ.

އެ މީހާ އެތެރެކުރަން މަސައްކަތް ކުރި އެ ބަޑީގެ ބައިތައް ފެނިފައިވަނީ އެއަރޕޯޓުގައި މަސައްކަތް ކުރަމުން އަންނަ އެއަރޕޯޓު ސެކިއުރިޓީ އޮފިޝަރަކު ދާގީނާތައް ބަލާ ފާސްކުރުމުގެ ތެރެއިންނެވެ.

ޓީއެސްއޭ އިން ވަނީ މި މައްސަލައާއި ގުޅުން ހުރި ބައެއް ފޮޓޯތައް ވެސް އާންމުކޮށްފައެވެ. މި ފޮޓޯތައް އާންމު ކުރުމަށް ފަހު އެފަރާތުން އިތުރަށް މައުލޫމާތު ދެމުން ބުނީ ފޮރުވައިގެން އެތެރެކުރަން މަސައްކުރީ އެއީ 22 ކެލިބަރުގެ ބަޑިއެއް ކަމަށާއި، އެ ބަޑި ފުޅިތަކަށް ލާފައިވަނީ ޕްލާސްޓިކް ކޮތަޅަށް ލައި ބަންދުކޮށްގެން ކަމަށެވެ. އަދި އެ ބަޑީގެ މެގަޒިންގައި ވަޒަންވެސް ހުރި ކަމަށް އެފަރާތުން ވަނީ ހާމަކޮށްފައެވެ.

ނިއުޔޯކް ފުލުހުން މިހާރު އެ މީހާ ހައްޔަރު ކޮށްފައިވާއިރު، އެ މީހާގެ ވަނަވަރެއް އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.