English Edition
Dhivehi Edition

ދުނިޔޭގެ ރީތީގެ ރާނީ ކަމުގެ ލަޤަބު އިންޑިއާގެ މެޑިސިން ހަދަމުންދާ 20 އަހަރުގެ ދަރިވަރަކަށް ލިބިއްޖެއެވެ.

މަނޫޝީ ޗިއްލަރު މިއަހަރުގެ ލަޤަބު ހާސިލް ކުރުމުން ވެގެންދަނީ އިންޑިއާއަށް މި ލަޤަބު ލިބިގެން ދިޔަ ހަވަނަ ފަހަރެވެ. މީގެ ކުރިން ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ ޕްރިޔަންކާ ޗޯޕްރާ އަދި އައިޝްވާރިޔާ ރާއީ ވެސް ވަނީ މި ލަޤަބް ހޯދާފައެވެ.

މިސް ވޯލްޑް ވެބްސައިޓުގައި މަނޫޝީ އާއި ބެހޭ ގޮތުން ލިޔެފައިވާ ގޮތުގައި މަނޫޝީ އަކީ އިންޑިއަން ކްލެސިކަލް ޑާންސް ކުރާ ހިއްވާ ކުއްޖެ ކަމަށް ވަނީ ބުނެފައެވެ. އެނާ ކުރިއަށް އޮތްތާ ދެކޭ ހުވަފެނަކީ އިންޑިއާގެ ރަށްފުށު ހިސާބުގައި ނޮން-ޕްރޮފިޓް ހޮސްޕިޓަލް ތަކެއް އެޅުން ކަމަށް ވެބްސައިޓުގައި ބުނެފައި ވެއެވެ.

މަނޫޝީއަށް މި މަޤާމު ލިބުމާ ގުޅިގެން އެނާ ކޮއްފައިވާ ޓްވީޓެއްގައި އެނާ އަށް ތާއީދު ކޮށް، ދިން ލޯތްބަށް ވަނީ ޝުކުރު އަދާ ކޮއްފައެވެ.

ޗައިނާގެ އަށްސޭރި ފަށުގެ ރަށެއް ކަމަށްވާ ސަންޔާ ގައި ކުރިއަށް ދިޔަ ހަފްލާގައި އެނާ އަށް ރީތީގެ ރާނީ ކަމުގެ ތާޖު ހަވާލު ކޮއްދެވީ މިދިޔަ އަހަރުގެ ރީތީގެ ރާނީ، ޕުއެޓެ ރީކޯގެ ސްޓެފަނީ ޑެލް ވާލް އެވެ.

މަނޫޝިއާއި އެކު ފައިނަލުގައި ދެން ވާދަ ކުރީ އިންގިރޭސިވިލާތުގެ ސްޓެފަނީ ހިލް އާއި މެކްސިކޯގެ އަންޑްރިއާ މެޒާ އެވެ.

މިއީ އިންޑިއާ މި ތާޖު ގެންދިޔަ ހަވަނަ ފަހަރެވެ. އެހެން ކަމުން އިންޑިއާ ވަނީ ވެނެޒުއެލާއާއި ތާޖު ގެންދިއުމުގައި އެށް ހަމަ ކޮއްފައެވެ. މި ދެ ގައުމަށް ވެސް ތާޖު ލިބިފައިވަނީ މިހާ ތަނަށް ހަފަހަރެވެ. މިއީ ގައުމަކުން މި ތާޖު އެންމެ ގިނަ ފަހަރަށް ގެންދިޔަ ދެ ގައުމެވެ.