English Edition
Dhivehi Edition

އަޑިއަށްދިޔަ ސަވާރީ ބޯޓުން ދަތުރުކުރި މީހުން އެމްއެންޑީއެފް އިން ސަލާމަތްކޮށްފިއެވެ.

އެމްއެންޑީއެފް އިން ބުނެފައިވަނީ މި މީހުން ސަލާމަތްކޮށްފައިވަނި މާލެއިން ފުރައިގެން ވ. އަތޮޅަށް ދަތުރުކުރަމުން ދިޔަ މުދާ އުފުލާ ބޯޓެއްގެ ޚަބަރެއް ނުވެގެން އެބޯޓް ހޯދުމަށް އެމްއެންޑީއެފް ސަރޗް އެންޑް ރެސްކިއު އިން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގެ ތެރެއިން ކަމަށެވެ.

މިބޯޓުން ދަތުރުކުރި 6 މީހުން އެމްއެންޑީއެފް ކޯސްޓްގާޑުން ސަލާމަތްކޮށްފައިވާ ކަމަށާއި މިމީހުން ފެނިފައިވަނީ ކޯސްޓްގާޑުން ހޯދަމުންދިޔަ ސަރަހައްދު ތެރެއިން އެމްއެންޑީއެފް ޑޯނިއަރ އެއަރކްރާފްޓަށް ކަމަށް ވެސް ވަނީ ބުނެފައެވެ. އަދި މި 6 މީހުން ކޯސްޓްގާޑް ޝިޕް ޣާޒީއަށް ނަގާފައިވާ ކަމަށާއި އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް ބުނެއެވެ.

ސަވާރީ ބޯޓުގެ ކެޕްޓަނާއި ހަވާލާދީ އެމްއެންޑީއެފް އިން ބުނީ މިމީހުން ދަތުރުކުރި “ސަވާރީ” ނަމަކަށް ކިޔާ ބޯޓު އަޑިއަށް ގޮސްފައިވާ ކަމަށެވެ.