English Edition
Dhivehi Edition
މަތިވެރި ދާއިރާގެ މެންބަރު، ހަސަން ޒަރީރު

ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރަށް ހަމަލާދިން މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް އެމްޑީޕީން ގޮވާލައިފިއެވެ.

އެ ޕާޓީން ކުރި ޓްވީޓެއްގައި ބުނީ ޒަރީރަށް ހަމަލާދީ ޒަޚަމްކޮށްލި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ދިނުމަށް އެދޭ ކަމަށާއި އެ ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

ހަސަން ޒަރީރަށް ބަޔަކު ހަމަލާ ދީފައި ވަނީ ނުރައްކާތެރި ހަތިޔާރެއްގެ ގޮތުގައި ބެލެވޭ އެއްޗަކުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އޭނާ ޒަޚަމްކޮށްލާފައި ވަނީ މެއި 1 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި “ހަބީބީ ކެފޭ އެންޑް ބިސްޓްރޯ” ތެރޭގައި އިންނަވަނިކޮށެވެ. މި ހަމަލާއާއިގުޅިގެން އޭނާއަށް ވަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދީފައެވެ.

މި ހާދިސާ އާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހއްޔަރުކުރިކަމެއް ރަސްމީ އެއްވެސް އިދާރާއަކުން އަދިހާމައެއް ނުކުރެއެވެ.

ޓެގު