English Edition
Dhivehi Edition

މޫސުން ގޯސްވާނެކަމަށް ލަފާކޮށް ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ރީދޫ އެލާޓް ނެރެފިއެވެ.

މިއަދު މެންދުރު 14:15 އިން ފެށިގެން 18:00އާއި ހަަމައަށް ރީދޫ އެލާޓް ނެރެފައިވަނީ ގއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށެވެ.

މެޓުން ބުނީ މި ސަރަހައްދުގެ ރަށްތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މީގެ އިތުރުން މެޓުން ވަނީ އެކިހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށާއި ބައެއް ރަށްތަަށް ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށްފައެވެ. މީގެއިތުރުން ހުޅަނގުއުތުރާއި އުތުރުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށާ ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވުން އެކަށީގެންކަމަށް މެޓުންވަނީ ބުނެފައެވެ.

އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެކަމަށް ލަފާކޮށް މެޓުން ވަނީ ހުރިހައި ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.