English Edition
Dhivehi Edition

މުސްލިމުންގެ ބިމެއްގެ ކައިވަތެއްގެ މިންވަރު ފޭރިގަތްނަމަވެސް ޖިހާދު ވާޖިބުވެގެންވާކަމަށް ރާއްޖޭގެ މަޝްޙޫރު ދީނީ ޢިލްމުވެރިޔާ އައްޝައިޚް އާދަމް ނިޝާން ވިދާޅުވެއްޖެއެވެ.

ޝައިޚް މިހެން ވިދާޅުވީ ރާއްޖޭގައި މިވަގުތު އެންމެ ބޮޑަށް ބަހުސް ކުރެވެމުން އަންނަ ޗާގޯސް މައްސަލާއި ގުޅިގެން ކުރި ފޭސްބުކް ޕޯސްޓެއްގައިއެވެ.

އެ ޕޯސްޓުގައި ޝައިޚް ވިދާޅުވެފައިވަނީ ރާއްޖޭގެ ސަރަހައްދުން 45،000 އަކަކިލޯމީޓަރު ގެއްލުމަކީ ކާމިޔާބީއެއް ކަމަށް ބުނުމަކީ އޮޅުވާލުމާއި ޚިޔާނާތްތެރިވުމުގެ އިންތިހާކަމަށެވެ.

އަދި އިސްލާމީ އުންމަތުގެ ހުރިހާ ޒަމާންތަކެއްގައި ވަޑައިގެންނެވި ސަލަފުންނާއި ޚަލަފުން (އެންމެ ހެޔޮ 3 ޤަރުނާއި އޭގެ ފަހުން ވަޑައިގެންނެވި ތަޤްވާވެރި ޞާލިޙް ބޭބޭކަލުންނާއި) ހުރިހާ ފިޤުހު ޢިލްމުވެރިންނަކާއި ޙަދީޘް ޢިލްމުވެރިންނެއްވެސް އެއްބަސްވެ ވަޑައިގެންފައިވަނީ، މުސްލިމުންގެ ބިންތަކުގެ ތެރެއިން ބިމެއްގެ ކައިވަތެއްގެ މިންވަރު ވިޔަސް ކާފަރުން އަތުލައިފިނަމަ، އެތަން އަތުލައި މިނިވަންކުރުމަށް ޖިހާދު ކުރުމަކީ ކޮންމެ މުސްލިމު ފިރިހެނަކާއި އަންހެނެއްގެ މައްޗަށް ފަރުޟު ޢައިނެއް ކަމުގައި ޝައިޚް ވިދާޅުވެފައިވެއެވެ.

1 ކޮމެންޓް
harukashi
އޭޕްރީލް 29, 2023
ekkala harukashi fikuruge mullaain alrtt vehjje. kon benifit rh nulibiggeno harukashi baigandu miulheny mihaaru.