English Edition
Dhivehi Edition

ބޮޑުތަކުރުފާނު މަގު މަރާމާތުކުރަނީ 1،496،800 (އެއް މިލިއަން ހަތަރުލައްކަ ނުވަދިހަ ހަ ހާސް އަށް ސަތޭކަ) ރުފިޔާގެ އަގަކަށް ކަމަށް ސިޓީ ކައުންސިލުން ބުނެފިއެވެ.

ބޮޑުތަކުރުފާނު މަގުގައި ތާރު އަޅާފައި އޮތް ހިސާބުން ހަލާކުވެފައި ހުރި ތަންތަން މަރާމާތުކޮށްދޭނެ ބަޔަކު ހޯދަން އެ ކައުންސިލުން މިދިޔަ ފެބްރުއަރީ މަހު އިއުލާނުކުރި އެވެ. މި މަސައްކަތުގެ ތެރެއިން ބޮޑުތަކުރުފާނު މަގުގެ 32 ތަނެއް މަރާމާތުކުރަން ވަނީ ހަމަޖެހިފައެވެ.

މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަނީ މާލޭގެ ބޮޑުތަކުރުފާނު މަގާއި އިއްޒުއްދީން މަގުގެ ތާރު އެޅި ބައި މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށްދާކަން ހާމަކުރައްވާފައެވެ. ތާރު މަގުގައި ހަލާކުވެފައިވާ ތަންތަން މަރާމާތުކުރަން ހަވާލުކޮށްފައިވަނީ، މާލެއާއި ހުޅުމާލެ ގުޅުވައިދޭ ހައިވޭ ހެދި ކުންފުންޏާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެއީ ޗައިނާގެ ހުނާން ކޮންސްޓްރަކްޝަން އިންޖިނިއަރިންގ ކުންފުންޏެވެ.

މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަނީ މާލޭގެ ބޮޑުތަކުރުފާނު މަގާއި އިއްޒުއްދީން މަގުގެ ތާރު އެޅި ބައި މަރާމާތުކުރުމުގެ މަސައްކަތް 10 ވަރަކަށް ދުވަހުގެ ތެރޭގައި ނިމޭނެކަމަށް އުންމީދުކުރައްވާކަމަށެވެ.

މާލޭގައި ހުންނަ ހުޅުމާލޭ ފެރީ ޓާމިނަލުން ފެށިގެން އިންޑަސްޓްރިއަލް ވިލެޖާ ހަމައަށް ބޮޑުތަކުރުފާނު މަގުގައި ތާރު އެޅީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. އެ ހިސާބުގައި ތާރު އެޅީ ސިނަމާލެެ ބްރިޖު ހުޅުވިއިރު، ބްރިޖަށް ދަތުރުކުރާ އުޅަނދުތައް ތޮއްޖެހުނަ ނުދިނުމަށެވެ. އެ މަގު އާންމުންނަށް ހުޅުވާލި ފަހުން މަރާމާތުކުރާ މިއީ ފުރަތަމަ ފަހަރެވެ.