English Edition
Dhivehi Edition

ކ. ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ކާމިޔާބު ކުރެއްވި އިބްރާހީމް ޝާޒު، ރައްޔިތުން މަޖިލީހުގެ މެންބަރުކަމުގެ ހުވާކުރައްވައިފިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާއިޝާ ޝުޖޫން, ޝާޒް އަށް ހުވާލާ ދެއްވުމުން، މަގާމުގެ ހުވާ ކުރުއްވުމަށްފަހު ޝާޒް ވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންފައެވެ.

މިމަހުގެ 15 ވަނަ ދުވަހު ބޭއްވި ކ. ގުރައިދޫ ދާއުރާގެ ބައި-އިލެކްޝަން ގައި ޝާޒްގެ އިތުރުން ޕީޕީއެމްގެ ފަރާތުން ހުސައިން ރިޒާ އާދަމް އާއި އެމްއެންޕީގެ ފަރާތުން އަލީ އަރީފް ވަނީ ވާދަކުރައްވާފައެވެ.

އެހެންނަމަވެސް ޝާޒް އިންތިހާބު ކާމިޔާބު ކޮށްފައިވަނީ 1346 ވޯޓާ އެކު އެވެ. އަދި ޕީޕީއެމްގެ ކެންޑިޑޭޓަށް 1226 ވޯޓު ލިބިފައިވާއިރު އެމްއެންޕީގެ ކެންޑިޑޭޓަށް ލިބިފައިވަނީ 122 ވޯޓެވެ.

ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވެފައިވަނީ ވަނީ އެ މަގާމު ފުރުވަމުން ގެންދެވި ޕީޕީއެމްގެ މެންބަރު އިބްރާހިމް ރިޒާ، ކެންސަރުގެ އާލާސްކަންފުޅާ އުޅުއްވުމަށް ފަހު އަވަހާރަވުމާ ގުޅިގެންނެވެ. ފާއިތުވި 14 އަހަރު އެ ގޮނޑި ފުރަމުން ދިޔައީ ޕީޕީއެމުން ނަމަވެސް ޝާޒް އެ އެ އިންތިހާބު ކާމިޔާބު ކުރުމާއެކު ޕީޕީއެމްއަށް އެ ގޮނޑި ވަނީ ގެއްލިފައެވެ.