English Edition
Dhivehi Edition
ފޮޓޯ: އެމްޓީސީސީ

ރ. އަލިފުށީ ބިން ހިއްކުމާއި އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، މިހާރު ކުރިއަށްދަނީ އަލިފާން ނިއްވާ އިމާރާތުގެ ރޫފިންގް މަސައްކަތްތައް ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީ އިން ބުނީ މި މަޝްރޫއުގެ ދަށުން އެއާޕޯޓް ޓާމިނަލް އިމާރާތުގެ ފައުންޑޭޝަން މަަސައްކަތްތައް ނިމިފައިވާކަމަށެވެ.

މި މަޝްރޫއުގެ ދަށުން 50.5 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި، ހިއްކާ ބިމުގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށްޓަކައި 2871 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމަށް ވަނީ ހަމަޖެހިފައެވެ. އަދި 480 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖެހުމާއި، ރަންވޭއެއް އެޅުމާއި، ޓެކްސީވޭ، އޭޕްރަން އަދި ސާވިސް ރޯޑް ހެދުމަށްވަނި ހަމަޖެހިފައެވެ.

މީގެ އިތުރުން ޓާމިނަލް ބިލްޑިންގ އަކާއި ފަޔާ ބިލްޑިންގެއް އެޅުމަށް ހަމަޖެހިފައިވާއިރު ތަނުގައި އަލިފާން ނިއްވާ އިކުއިޕްމަންޓް ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. އަދި 655 މީޓަރުގެ ސެކިއުރިޓީ ފެންސެއް ޖެހުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

2021 ވަނަ އަހަރު އެމްޓީސީސީ އާއި ހަވާލުކުރި މި މަޝްރޫއަކީ 426.05 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.