English Edition
Dhivehi Edition

ކޮންމެ އަހަރަކު ވެސް އީދާ ދިމާކޮށް ބައިބަލާ އެސޯސިއޭޝަނުން ބާއްވާ ބައިބަލާ މުބާރާތް މި އަހަރު ފަށައިފިއެވެ.

އެމްޓީސީސީ ބައިބަލާ ޗެލެންޖ 1444 ގެ ނަމުގައި ބާއްވާ މި މުބާރާތް ފަށާފައި ވަނީ ރޭގަ އެވެ. މި މުބާރާތުގެ އޮފިޝަލް ޕާޓްނާ އަކީ އަރބަންކޯއެވެ. އަދި މުބާރާތްކުރިއަށްގެންދަނީ ވެސް ހުޅުމާލޭގައި އެކަމަށް ޚާއްސަކޮށް ތައްޔާރުކުރި ކޯޓެއްގައެވެ.

ހުޅުމާޅެ ސެންޓްރަލް ޕާކު ސަރަހައްދުގައި ހެދި މި ކޯޓު ރަސްމީކޮށް ހަވާލުކޮށްދެއްވާ މިރޭ ބައިބަލާ މުބާރާތް ފައްޓަވާދެއްވީ އަރބަންކޯގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ގައިސްއެވެ. ޖުމްލަ 34 ޓީމެއް ބައިވެރިވާ މި މުބާރާތް ކުރިއަށްދާނީ މިރެއިން ފެށިގެން މި މަހުގެ 27 ގެ ނިޔަލަށެވެ.