English Edition
Dhivehi Edition

ތާބިތް ހައްޖު އެންޑް އުމަރާ ގްރޫޕާއެކު އުމްރާއަށް ގޮސް އުޅުނު އަންހެނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ހޯދަމުންދަނީ ޘާބިތު ހައްޖު އެންޑް އުމްރާގެ ބެލުމުގެ ދަށުން އުމްރާއަށް ދިޔަ ފާޠިމަތު ވަޙީދާ ނަމަކަށް ކިޔާ އުމުރުން ދުވަސްވީ އަންހެނެކެވެ.

ޘާބިތު ހައްޖު އެންޑް އުމްރާއިން ބުނީ، އެޖަމާޢަތުގެ ހަވާލުގައި ޢުމްރާއަށް ދިޔަ، ފާޠިމަތު ވަޙީދާ، ނޫވިލާގެ/ ހއ. ހޯރަފުށި، ޢާއިލާގެ ބަޔަކާއެކު ދަމުނަމާދަށް ދިއުމަށްފަހު، އެނބުރި ހޮޓަލަށް ގޮސްފައި ނުވާ ކަމަށެވެ އޭނާ ގެއްލުނު އިރު، އޭނާގެ މޯބައިލް ފޯނާއި ކާޑު އަދި ދަބަސް ވީ އާއިލާ މެމްބަރުން އަތުގައެވެ.

ގުރޫޕުން ބުނާގޮތުގައި ގެއްލުނު އިރު އޭނާ ލައިގެން ހުރީ ފިޔާތޮށި މާޖެހި ދަނބު ހެދުމެކެވެ. އަދި އަޅައިގެން ހުރީ ކަޅު ބުރުގަލެކެވެ.

ވަހީދާ ހޯދުމުގެ މަސައްކަތް މިހާރު ފަށާފައި ވާކަމަށާއި އެކަން މައްކާ އެމްބަސީއަށް އަންގާ އޭނާގެ ފޮޓޯ ވެސް އާންމުކޮށްފައި ވާކަމަށް އެ ޖަމާއަތުން ބުނެއެވެ.

އަދި މައްކާގައި މިހާރު އުޅޭ އެއްވެސް މީހަކަށް އޭނާ ފެނިއްޖެނަމަ، އެ ޖަމާޢަތުގެ ހޮޓްލައިން، 0567066482 ނުވަތަ 0540785217 ނޫނީ 0560878064 އަށް ގުޅުއްވައި އެކަން އަންގަވައިދެއްވުމަށް ވެސް ތާބިތް ހައްޖު އެންޑް އުމްރާއިން ވަނީ އެދިފައެވެ.