English Edition
Dhivehi Edition

އޭއޯ ރޯދައިގެ ބަދިގެ އަކީ ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހަށް ޚާއްޞަ ކޮށްގެން އޭއޯ ނިއުސް އިން ގެނެސްދޭ ޚާއްޞަ ކޮލަމެކެވެ. މި ގޮތުން މި އަހަރުވެސް ތަފާތު ގިނަ އެކިވައްތަރުގެ މީރު ކެއުމާއި ބުއިން ތައްޔާރު ކުރާނެ ގޮތް މި ކޮލަމްގެ އެހީގައި އޭއޯ އިން ކޮންމެ ދުވަހަކުވެސް ގެނެސްދޭނެއެވެ.

އެގޮތުން ރޯދަ މަހުގެ 23 ވަނަ ދުވަހަށް ޚާއްޞަ ކޮށްގެން ރެސިޕީއެއްގެ ގޮތުގައި މި ގެނެސްދެނީ ޕައިނެޕަލް ލައިމް ކޫލަރ ތައްޔާރު ކުރާނެ ގޮތެވެ.

ބޭނުންވާތަކެތި:

1 އަލަނާސި ކޮށާފައި

3 ލުނބޮލުގެ ޖޫސް

10 މިންޓް ފަތް

1/3 ޖޯޑު ހަކުރު

1/2 ސައިސަމުސާ ލޮނު

3 ޖޯޑު ފެން

ގާނިޝްކުރުމަށް:

1 ސަމުސާ މާމުއި

4 ލުނބޯ ފޮތި

1 ޖޯޑު އަލަނާސި ކުދިކޮށް ކޮށާފައި

އައިސްކިއުބް

ތައްޔާރުކުރާނެގޮަތް:

އަލަނާސި, ލުނބޯހުތް, މިންޓްފަތް, ހަކުރު, ލޮނު އަދި ފެން އަޅާފައި ބްލެންޑަރުން ރަނގަޅަށް ބްލެންޑް ކޮށްލާށެވެ. ބިއްލޫރި ތަށްޓެއް ނަގާފައި އައިސްކިއުބް, ލުނބޯ ފޮތި 1 ސަމުސާ މާމުއި އަދި ކޮށާފައި ހުރި އަލަނާސި ކިއުބް އަޅާށެވެ. ފުރޭންޏަކުން ފުރާނަމުން ބްލެންޑަރގައި ހުރި ޖޫސް ތަށްޓަށް އަޅާފައި ސާރވް ކުރާށެވެ.